ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ހައްޖު ގުރޫޕުތަކުން ދެއްކި ފީ އަނބުރާ ދެނީ

Sep 2, 2020

މި އަހަރު ރާއްޖޭން ހައްޖަށް މީހުން ގެންދާ ކުންފުނިތަކުން ދައްކާފައިވާ ރެޖިސްޓްރޭޝަން ފީ އަނބުރާ ދޭން އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ.

ކޮވިޑް-19 އާ ގުޅިގެން މިއަހަރު ހައްޖު އަޅުކަން އަދާ ކުރުމުގެ ފުރުސަތު ހަމައެކަނި ސައުދީ އަރަބިއްޔާގައި ދިރިއުޅޭ މީހުނަށް ދިނުމަށް ސައުދީ ސަރުކާރުން ނިންމުމާ ގުޅިގެން، ރާއްޖޭން ހައްޖަށް މީހުން ގެންދިއުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯޒަލް ހުށަހެޅުމަށް މިދިއަ ފެބްރުއަރީ މަހު ކުރި އިއުލާނު މިނިސްޓްރީން ވަނީ ބާތިލުކޮށްފަ އެވެ.

އެއާއެކު، މިއަހަރު ޕްރޮޕޯޒަލް ހުށަހެޅި 18 ކުންފުންޏަކުން ދައްކާފައިވާ ފައިސާ ރުފިޔާ އަނބުރާ ދޭން ނިންމާފައިވާ ކަމަށް މިނިސްޓްރީން މިއަދު ބުންޏެވެ.

ކޮވިޑްގެ ބަލާއާާތާ ގުޅިގެން ވަރުގަދަ ގައިދުރު ކުރުމުގެ ފިޔަވަޅުތަކާއެކު ހައްޖުގެ އަޅުކަން އަދާކުރަން ދިން މަދު ފުރުސަތުގައި، ސައުދީގައި ދިރިއުޅޭ ފަސް ދިވެއްސަކަށް ވެސް ވަނީ އެ ފުރުސަތު ލިބިފަ އެވެ.