ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް

ވީއައިއޭއަށް ސިއްހީ ސެޓްފިކެޓެއް ދީފި

Sep 2, 2020

އެއާޕޯޓް ކައުންސިލް އިންޓަނޭޝަނަލް (އޭސީއައި) ގެ "އެއާޕޯޓް ހެލްތު އެކްރެޑިޓޭޝަން" ސެޓްފިކެޓް ރާއްޖޭގެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ދީފި އެވެ.

ވީއައިއޭއަށް މި ސެޓްފިކެޓް ދިނީ ކޮވިޑް-19 އާ ގުޅިގެން ވީއައިއޭގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ބަލައިގެނެވެ.

ވީއައިއޭ ހިންގާ އެމްއޭސީއެލުން ބުނީ އޭސީއައިގެ އެ ސެޓްފިކެޓް ލިބުނީ އެ ކައުންސިލްގެ މިންގަނޑަށް ނިއުނޯމަލްގައި ވީއައިއޭގެ ސަލާމަތާއި ރައްކާތެރިކަން ހަރުދަނާކޮށް އިތުބާރު ދަމަހައްޓާފައިވާތީ ކަމަށެވެ.

މި ސެޓްފިކެޓް ލިބުމުން، ވީއައިއޭގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައިވަނީ ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ކަން މި ސެޓްފިކެޓުން ޔަގީންވާ ކަަމަށް ވެސް ބުނެފައި ވެއެވެ.