ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑްގެ ބަލި މީހުން ތިބި 40 ރަށެއް، 16 ރިސޯޓެއް

ކޮވިޑް-19 ގެ ބަލި މީހުން 40 ރަށެއްގައި އަދި 16 ރިސޯޓެއްގައި މި ވަގުތު އެބަތިބި ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭއިން މިރޭ ވަނީ ކޮވިޑްގެ ބަލި މީހުން މި ވަގުތު ތިބި ރަށްރަށުގެ ނަންތައް ހާމަކޮށްފައެވެ. ރަށްރަށުން ޕޮޒިޓިވްވެފައި ވަނީ މާލެއިން އެ ރަށްރަށައް ހޯމް ކަރަންޓީނަށް ދިޔަ މީހުންނާއި މާލެއާއި ރަށްރަށާއި ދެމެދު ދަތުރުކުރާ ބޯޓްތަކުގައި މަސައްކަތް ކުރާ މީހުންނެވެ.

ކޮވިޑްގެ ބަލި މީހުން ތިބި ރަށްރަށް

  • ށ. ޅައިމަގު
  • ށ. ފީވަށް
  • ނ. މިލަންދޫ
  • ނ. ކުޑަފަރި
  • ނ. މާޅެންދޫ
  • ބ. ހިތާދޫ
  • ބ. ތުޅާދޫ
  • ބ. އޭދަފުށި
  • ރ. ރަސްމާދޫ
  • ރ. އިނގުރައިދޫ
  • ރ. ދުވާފަރު
  • ރ. ކިނަޅޮސް
  • ޅ. ނައިފަރު
  • ކ. ދިއްފުށި
  • ކ. ގުރައިދޫ
  • ކ. ތުލުސްދޫ
  • ކ. ހިންމަފުށި
  • ކ. މާފުށި
  • އދ. އޮމަދޫ
  • އދ. މާމަގިލި
  • މ. މުލަށް
  • ފ. ބިލެއްދޫ
  • ފ. ނިލަންދޫ
  • ފ. ދަރަނބޫދޫ
  • ދ. ކުޑަހުވަދޫ
  • ދ. މީދޫ
  • ދ. ރިނބުދޫ
  • ތ. ތިމަރަފުށި
  • ތ. އޮމަދޫ
  • ލ. ގަން
  • ގއ. ދާންދޫ
  • ގއ. ވިލިނގިލި
  • ގދ. ފަރެސްމާތޮޑާ
  • ގދ. ހޯނޑެއްދޫ
  • ގދ. ތިނަދޫ
  • ސ. ފޭދޫ
  • ސ. ގަން
  • ސ. ހިތަދޫ
  • ސ. މަރަދޫ

މި 40 ރަށުގައި 91 މީހަކު ޕޮޒިޓިވްވެފައި އެބަ ތިއްބެވެ. އޭގެ ތެރޭގައި ހިމެނެނީ 84 ދިވެހިންނާއި ހަތް ބިދޭސީންނެވެ.

މީގެ އިތުރުން 16 ރިސޯޓެއްގައި 15 ފަތުރުވެރިންނާއި 33 މުވައްޒިފުންވެސް ކޮވިޑަށް ޕޮޒިޓިވްވެފައިވެއެވެ.