ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ކަރަންޓީނާ ހިލާފުވި މީހަކަށް 2500 ރުފިޔާގެ ޖޫރިމަނާ އެއް

ކ. ގުރައިދޫ ހޯމް ކަރަންޓީނުގައި ބެހެއްޓި މީހަކު ކަރަންޓީނު އުސޫލާ ހިލާފުވުމުން 2500 ރުފިޔާ އިން ޖޫރި މަނާކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ، ގުރައިދޫ ހޯމް ކަރަންޓީނުގައި ހުރި 39 އަހަރުގެ ފިރިހެނަކު އެޗްޕީއޭގެ ކަރަންޓީނު އުސޫލުތަކާ ހިލާފު ވެގެން ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ. މިއީ މިއީ އެކެހެރި ކުރުމުގެ މަރުކަޒުތަކާއި ކަރަންޓީނު ކުރުމުގެ މަރުކަޒުތަކާއިބެހޭ ގަވާއިދަށް ފުރަތަމަ އިސްލާހް ގެނެސް ޖުރިމަނާކުރި ފުރަތަމަ މީހާ އެވެ.

ކަރަންޓީނު ކުރާ ފަރާތްތަކުން ހަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.

ރަށްރަށުގައި ކަރަންޓީން ވުމުގެ ހުއްދަދިން ފަހުން ގިނަ އަދަދެއްގެ މީިހުން ދަނީ ޕޮސިޓިވްވަމުންނެވެ. އެއީ، ރަށު ކަރަންޓީނު މުއްދަތު ނިމުމަށްފަހު ކުރާ ޓެސްޓުގެ ނަތީޖާ އިންނެވެ.

ކޮވިޑުން ރަނގަޅުވެގެން ރަށަށް ގޮސް ކަރަންޓީނު ވާކަށް ނުޖެހޭނެ ގޮތަށް އުސޫލު ބަދަލުކުރީ މިދިޔަ މަހު ފަހުކޮޅު އެވެ. އުސޫލަށް ބަދަލު ގެނައި ފަހުން ކޮވިޑް ބަލިން ރަނގަޅުވިތާ ތިން މަސް ފަހުން ދަތުރު ކުރާ މީހުން ކަރަންޓީނު ވާން ނުޖެހޭނެ އެވެ. އަދި، ކޮވިޑް އަށް ޕޮސިޓިވްވެ ރަނގަޅުވާ މީހުން ޕީސީއާރް ޓެސްޓުކުރުމާއި، ކަރަންޓީނު ކުރުމާއި އައިސޮލޭޓް ކުރުމުން އިސްތިސްނާ ވާނެ އެވެ.

ރާއްޖޭގެ ކޮވިޑް ކޭސްތައް 8140 އަށް ވަނީ އަރާފަ އެވެ. މި ބަލީގައި 29 މީހަކު މަރުވެފައިވާއިރު މިހާރު އެކްޓިވް ކޭސްގެ ގޮތުގައި ރެކޯޑް ކޮށްފައިވަނީ 2781 އެވެ. މީގެ ތެރޭގައި ރަށްރަށުން ޕޮސިޓިވްވާ މީހުންގެ އަދަދު މިދިޔަ މަހުން ފަށައިގެން އިތުރުވެފައިވާކަންވެސް ފާހަގަވެ އެވެ.