އަހުމަދު ޝަރީފް އާދަމް

މަސްލަހަތު ގެއްލޭ ކަންކަމަށް ހިތްވަރު ނުދޭން ގޮވާލައިފި

Sep 5, 2020
1

ގައުމުގެ މަސްލަހަތު ގެއްލޭ ކަންކަމަށް ސިޔާސީ ޕާޓީތަކުން ހިތްވަރު ނުދޭން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފު ގޮވާލައްވައިފި އެވެ.

ޝަރީފު އެގޮތަށް ގޮވާލެއްވީ "ޗެނަލް 13" އިގެ ލައިވް ޕްރޮގްރާމެއްގައި ބައިވެރިވެ ވާހަކަ ދެއްކި މީހަކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހަށިކޮޅުގައި އަލިފާން ރޯކުރަން ގޮވާލައި ޓެރަރިޒަމަށް ވާގިދިން މައްސަލައަށް ރައްދުވާ ގޮތަށް ކުރެއްވެވި ޓްވީޓެއްގަ އެވެ.

ކުރިން ޝަރީފު ވަނީ ސީއީއޯއެއްގެ ގޮތުގައި ޗެނަލް 13 ގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފަ އެވެ.

ޝަރީފް ވިދާޅުވީ "ސިޔާސީ ޕާޓީތަކުން ގައުމުގެ މަސްލަހަތު ގެއްލޭ ފަދަ ކަންކަމަށް އެއްވެސް ގޮތަކަށް ހިތްވަރު ނުދިނުމަށް ގޮވާލައްވާ" ކަމަށެވެ.

ޕީޕީއެމްގެ މީޑިއާ ވިންގެއް ސިފަވާ ބައެއް ޕްރޮގްރާމްތައް ގެނެސްދޭ ޗެނަލް 13 އިގެ "ރައްޔިތުންގެ އަޑު" ޕްރޮގްރާމުގައި ވާހަކަ ދެއްކި މީހާގެ މައްސަލަ ފުލުހުންނާއި ބްރޯޑްކާސްޓިން ކޮމިޝަނުން ވެސް ދަނީ ތަހުގީގު ކުރަމުންނެވެ.