ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

125 މީހަކު ޕޮޒިޓިވް، 112 ދިވެހިން

މިދިއަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން ކޮވިޑް-19 އަށް 125 މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްޕީއޭއިން ބުނެފި އެވެ.

މިއަދުގެ އިރު އޮއްސުމާ ހަމައަށް އެއްކޮށްފައިވާ ހިސާބުތަކާ ހަވަލާ ދީ އެޗްޕީއޭއިން މިރޭ ބުނީ ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 106 މީހުންނަކީ މާލޭ ސަރަހައްދުން ޖެހުނު މީހުން ކަމަށެވެ. އަނެއް 19 މީހުންނަކީ ގދ. ހޯޑެއްދޫއިން ޕޮޒިޓިވްވި މީހުންނެވެ. މިއީ މާލެ ސިޓީ ފިޔަވައި އެހެން ރަށަކުން އެއް ފަހަރާ އެންމެ ގިނަ މީހުން ޕޮޒިޓިވްވި ފަހަރެވެ.

އަލަށް ޕޮޒިޓިވްވި މީހުންގެ ތެރޭ 112 ދިވެހިން ހިމެނެ އެވެ. ދެން 13 ބިދޭސީންނެވެ.

މިއަދު ޕޮޒިޓިވްވި މީހުނާއެކު ރާއްޖޭގެ އަދަދު ވަނީ 8,486 އަރާފައެވެ. މިއަދު ކޮވިޑުން ރަނގަޅުވީ 180 މީހުންނެވެ. ރާއްޖެއިން ރަނގަޅުވި ޖުމްލަ މީހުންގެ އަދަދަކީ 5،822 އެވެ. މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅުނުވެ ތިބީ 2،529 މީހުންނެވެ. ކޮވިޑްގައި 29 މީހަކު ވަނީ މަރުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 168 މީހުންނަށް ދަނީ ފަރުވާ ދެމުންނެވެ.

އެޗްޕީއޭގެ މޮނިޓަރިންގައި މި ވަގުތު އޮތީ ހޯޑެއްދޫގެ އިތުރުން މަޑަވެލި މި ދެ ރަށެވެ.