އެމްޑީޕީ

ހޯރަފުށީ އެމްޑީޕީ ޖަގަހާގައި ރޯވެ ގެއްލުން ލިބިއްޖެ

ހޯރަފުށީގައި ހުންނަ އެމްޑީޕީގެ ހަރުގޭގައި އަލިފާން ރޯވެ އަނދައިފި އެވެ.

އެމްޑީޕީ ހަރުގޭގައި އަލިފާން ރޯވީ ރޭ ދަންވަރު އެވެ. އެވަނީ ރޭ ދަންވަރުގެ ވަގުތެއްގަ އެވެ.

ފުލުހުން ބުނީ ހޯރަފުށި އެމްޑީޕީ ޖަގަހާގައި ރޭ ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކޮށް ނިވާލުމުގައި ފުލުހުން ހަރަކާތްތެރިވި ކަމަށާއި
ރޭ މެންދަމު 1:55 ހާއިރު ރޯވި އަލިފާންގަނޑު 10 ވަރަކަށް މިނެޓް ތެރޭގައި ފުލުހުން ނިންވާލި އިރު
ޖަގަހާގައި ހުރި ބައެއް އިލެކްޓްރޯނިކް ސާމާނަށް ގެއްލުންވެފައިވީ ނަމަވެސް، އެއްވެސް މީހަކަށް އަދި އިމާރާތަށްވެސް ގެއްލުމެއް ނުވާ ކަމަށެވެ.

ފުލުހުން ގެންދަނީ މި ހާދިސާ ބަލައި ތަހުގީގު ކުރަމުންނެވެ.