ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑް: 35 ރަށެއް، ޕޮޒިޓިވް 98 މީހުން

ކޮވިޑް-19 ގެ ބަލި މީހުން 35 ރަށެއްގައި އަދި 22 ރިސޯޓެއްގައި މި ވަގުތު އެބަތިބި ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭއިން މިރޭ ވަނީ ކޮވިޑްގެ ބަލި މީހުން މި ވަގުތު ތިބި ރަށްރަށުގެ ނަންތައް ހާމަކޮށްފައެވެ. މާލެ ސިޓީ ފިޔަވައި ކޮވިޑްގެ އެންމެ ގިނަ ބަލި މީހުން ތިބީ ހޯނޑެއްދޫގައެވެ. އެ ރަށުގައި 25 މީހުން އެބަ ތިއްބެވެ. ދެން އެންމެ ގިނަ ބަޔަކު ތިބީ ނ. މިލަދޫގައެވެ. އެ ރަށުގައި ކޮވިޑަށް ޕޮޒިޓް 10 މީހަކު އެބަ ތިއްބެވެ.

ބ. އޭދަފުށީގައި ކޮވިޑަށް ޕޮޒިޓިވްވި ހަތް މީހަކު ތިބިއިރު ޅ. ނައިފަރުގައި ހަ މީހަކު އެބަ ތިއްބެވެ.

ކޮވިޑްގެ ބަލި މީހުން ތިބި ރަށްރަށް

  • ހއ. ދިއްދޫ
  • ށ. ޅައިމަގު
  • ށ. ފީވަށް
  • ނ. މިލަދޫ
  • ނ. ކުޑަފަރި
  • ނ. މާޅެންދޫ
  • ބ. ހިތާދޫ
  • ބ. އޭދަފުށި
  • ބ. ތުޅާދޫ
  • ރ. ރަސްމާދޫ
  • ރ. އިނގުރައިދޫ
  • ރ. ދުވާފަރު
  • ރ. ކިނޮޅަސް
  • ޅ. ކުރެންދޫ
  • ޅ. ނައިފަރު
  • ކ. ދިއްފުށި
  • ކ. ހިންމަފުށި
  • ކ. ތުލުސްދޫ
  • ކ. މާފުށި
  • އއ. މަތިވެރި
  • ފ. ބިލެއްދޫ
  • ފ. ނިލަންދޫ
  • ފ. ދަރަނބޫދޫ
  • ދ. މީދޫ
  • ދ. ކުޑަހުވަދޫ
  • ލ. ގަން
  • ލ. ފޮނަދޫ
  • ގއ. ވިލިގިލި
  • ގދ. ފަރެސްމާތޮޑާ
  • ގދ. ހޯނޑެއްދޫ
  • ގދ. ތިނަދޫ
  • ސ. ފޭދޫ
  • ސ. ގަން
  • ސ. ހިތަދޫ
  • ސ. މަރަދޫ

މި 35 ރަށުގައި 98 މީހަކު ޕޮޒިޓިވްވެފައި އެބަ ތިއްބެވެ. އޭގެ ތެރޭގައި ހިމެނެނީ 89 ދިވެހިންނާއި ނުވަ ބިދޭސީންނެވެ.

މީގެ އިތުރުން 22 ރިސޯޓެއްގައި 1519 ފަތުރުވެރިންނާއި 47 މުވައްޒިފުންވެސް ކޮވިޑަށް ޕޮޒިޓިވްވެފައިވެއެވެ.