ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

83 މީހުން ޕޮޒިޓިވްވި ދުވަހެއް

Sep 7, 2020

މިދިއަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން ކޮވިޑް-19 އަށް 83 މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްޕީއޭއިން ބުނެފި އެވެ.

މިއަދުގެ އިރު އޮއްސުމާ ހަމައަށް އެއްކޮށްފައިވާ ހިސާބުތަކާ ހަވަލާ ދީ އެޗްޕީއޭއިން މިރޭ ބުނީ ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 82 މީހުންނަކީ މާލޭ ސަރަހައްދުން ޖެހުނު މީހުން ކަމަށެވެ. އަނެއް މީހަކީ އަތޮޅުތެރޭގެ ރަށަކުން ޕޮޒިޓިވްވެފައިވާ މީހެކެވެ.

އަލަށް ޕޮޒިޓިވްވި މީހުންގެ ތެރޭ 61 ދިވެހިން ހިމެނެ އެވެ. 22 ބިދޭސީންނެވެ.

މިއަދު ޕޮޒިޓިވްވި މީހުނާއެކު ރާއްޖޭގެ އަދަދު ވަނީ 8,667 އަރާފައެވެ. މިއަދު ކޮވިޑުން ރަނގަޅުވީ 116 މީހުންނެވެ. ރާއްޖެއިން ރަނގަޅުވި ޖުމްލަ މީހުންގެ އަދަދަކީ 6،052 އެވެ. މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅުނުވެ ތިބީ 2،580 މީހުންނެވެ. ކޮވިޑްގައި 29 މީހަކު ވަނީ މަރުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 142 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.