އެމްއެމްޕީއާރްސީ

ޓުއާ އޮޕަރޭޓަރުން ތަމްރީނު ކެމްޕޭން ފަށައިފި

ރާއްޖެ މާކެޓް ކުރަން ރަނގަޅަށް މަސައްކަތް ނުކުރެވޭތީ ފާޑު ކިޔުން އަމާޒުވެފައިވާ އެމްއެމްޕީއާރްްސީން ރަޝިއާ އާއި ކޮމަންވެލްތު އޮފް އިންޑިޕެންޑެންްޓް ސްޓޭޓްސް (ސީއައިއެސް) ގައުމުތަކުގެ ޓުއާ އޮޕަރޭޓަރުންނަށް މި އަހަރު ކުރީކޮޅު ފެށި އީ-ލާނިން ޕްލެޓްފޯމް، ކެމްޕެއިން އަލުން ލޯންޗުކޮށްފި އެވެ.

މި އަހަރުގެ ފެބްރުއަަރީ މަހު ފެށި ލާނިން ކެމްޕެއިން މެދުކަނޑާލީ ކޮވިޑާ އެކު އެވެ.

އެމްއެމްޕީއާރްސީން މިއަދު ބުނީ، އެ ކެމްޕޭން އަަލުން ފަަށާފަައިވާ ކަމަށެވެ. ބޭނުމަކީ ރަޝިއާ އާއި ސީއައިއެސް ގައުމުތަކުގެ ޓުއާ އޮޕަރޭޓަރުންނަށް ރާއްޖޭގެ ރިސޯޓާއި ގެސްޓުހައުސްްތަކާއި ލިވަބޯޑުތަކާ ގުޅޭ މައުލޫމާތު ހިއްސާކުރުމުގެ އިތުރުންް ފަތުރުވެރިންގެ މެދުގައި ރާއްޖޭގެ ސަގާފަތާއި އާސާރީތަންތަނުގެ މައުލޫމާތު ހިއްސާ ކުރުން ކަމަށެވެ.

މި ކެމްޕޭނުގައި 2،000 ޓުއާ އޮޕަރޭޓަރުންނަށް މައުލޫމާތު ދޭއިރު، ޓުއާ އޮޕަރޭޓަރުންގެ ތެރެއިން އެންމެ ގިނަ ފަަތުރުވެރިން ރާއްޖެ ފޮނުވާ ތިން ފަަރާތަކަށް ރާއްޖޭގެ ރިސޯޓެއްގައި ޗުއްޓީ ހޭދަ ކުރުމުގެ ފުރުސަތު ދޭނެ އެވެ. އެ ފުރުސަތުތައް ސްޕޮންސާ ކޮށްފަައި ވަނީ ފުރަވެރިމޯލްޑިވްސް އާއި ޕެރަޑައިސް އައިލެންޑް އަދި ގްރޭންޑް ޕާކް ކޮއްދިއްޕަރެވެ.