އެމްއެމްޕީއާރްސީ

އެމްއެމްޕީއާރްސީގެ ބޯޑަށް ދެ ބޭފުޅުން އައްޔަންކޮށްފި

Jul 7, 2024

މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ ބޯޑަށް ދެ ބޭފުޅުން އައްޔަންކޮށްފި އެވެ.

އެމްއެމްޕީއާރްސީގެ ބޯޑަށް އައްޔަންކޮށްފައިވަނީ އަބްދުލް ސަމީއު އިމާދު އާއި އައިޝަތު ހަމީދު އެވެ.

އެމްއެމްޕީއާރްސީގެ ބޯޑަށް ދެ ބޭފުޅުން އައްޔަންކޮށްފައިވާއިރު އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް ރާއްޖޭގެ ކުރީގެ މަޝްހޫރު ޓީޓީ ކުޅުންތެރިޔާ އިބްރާހީމް ޝިއުރީ ވަނީ އައްޔަންކޮށްފަ އެވެ.

ޝިއުރީ އެ މަގާމަށް އައްޔަންކުރީ މިދިޔަ މަހު އެވެ.

ޝިއުރީ އެ މަގާމަށް އައްޔަންކުރުމުގެ ކުރިން އެ މަގާމުގައި ހުންނެވީ ފާތިމަތު ތައުފީގު އެވެ.

އެމްއެމްޕީއާރްސީ އަކީ ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރުމުގެ މަސައްކަތް ކުރުމުގެ އެންމެ ބޮޑު ޒިންމާއެއް އޮތް ކުންފުންޏެވެ.