އެޗްޕީއޭ

ރުބެއްލާ ނައްތާލުމުން ރާއްޖެއަށް ލިޔުން ދީފި

Sep 10, 2020

ރުބެއްލާ ރާއްޖެއިން ނައްތާލެވިއްޖެ ކަމަށް ނިންމައި ދުނިޔޭގެ ސިއްހަތު ޖަމިއްުޔާ، ޑަބްލިއުއެޗްއޯ އިން ރާއްޖެއަށް ލިޔުން ދީފި އެވެ.

ރުބެއްލާ ރާއްޖެއިން ނައްތާލެވުނުކަން ބުނެދޭ، އަދި އެކަން ފާހަގަ ކުރާ ލިޔުން ރާއްޖެއަށް ދީފައިވަނީ ޑަބްލިއުއެޗްއޯގެ 73 ވަނަ ރީޖަނަލް ބައްދަލުވުމުގަ އެވެ. އެ ބައްދަލުވުން މިހާރު ވެސް ކުރިޔަށް އެބަދެ އެވެ.

ރާއްޖޭގެ އެޗްޕީއޭ އިން މިއަދު ބުނީ 2023 އަންނަންވާ އިރަށް ދެކުނު އިރުމަތީ އޭޝިއާއިން ހިމަބިއްސާއި ރުބެއްލާ ނައްތާލަން ކަނޑައެޅި އަމާޒުގައި މީސަލްސް އާއި ރުބެއްލާ ނައްތާލުމުގެ ޓާގެޓުގެ ތިން އަހަރު ކުރިން ރާއްޖެއިން ހާސިލުކޮށްފައިވާ ކަމަށާއި ރާއްޖެއަކީ މި ސަރަހައްދުގައި ރުބެއްލާ ނައްތާލި ތިން ގައުމުގެ ތެރެއިން އެއް ގައުމު ކަމަށެވެ.

އެ އަމާޒަށް ސިލުވި ދެ ގައުމަކީ ސްރީ ލަންކާ އާއި ރާއްޖެ އެވެ. ރާއްޖޭގައި ރުބެއްލާ އަދި ކޮންޖެނިޓަލް ރުބެއްލާ ސިންޑްރޮމް ބަލި ކޮންޓްރޯލް ކުރެވިފައިވާތީ އެކަން ފާހަގަކޮށް ޑަބްލިއުއެޗްއޯ އިން ވަނީ މިދިޔަ އަހަރުގެ ތެރޭގައި ސެޓްފިކެޓެއް ދީފަ އެވެ.