އެޗްޕީއޭ

ރާއްޖޭގައި ހެޕަޓައިޓިސް ބީ ކޮންޓްރޯލްކޮށްފި

ހެލްތު މިނިސްޓްރީ ހިންގާ އިމާރާތް -- ފޮޓޯ: އަވަސް
0%
0%
0%

ރާއްޖެއަކީ ހެޕަޓައިޓިސް ބީ ކޮންޓްރޯލް ކުރެވިފައިވާ ގައުމެއްގެ ގޮތުގައި ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ކަނޑައަޅައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނި ގޮތުގައި ރާއްޖެއަކީ ހެޕްޓައިޓިސް ބީ ކޮންޓްރޯލް ކުރެވިފައިވާ ގައުމެއްގެ ގޮތުގައި ބަލައިގަތީ ގިނަ އަހަރުތަކެއް ވަންދެން ކުޑަކުދިންނަށް ހެޕަޓައިޓިސް ބީ ވެކްސިން ދިނުން އިތުރުވެފައިވާތީ އެވެ.

ދާދިފަހުން ކުރިއަށް ގެންދިޔަ ސާވޭއެއްގައި ސްކޫލުތަކުގައި ކިޔަވާ އުމުރުން ހަ އަހަރާއި ހަތް އަހަރާ ދެމެދުގެ ކުދިން ހެޕަޓައިޓިސް ބީ އަށް ޓެސްޓުކުރިއިރު އެއްވެސް ކުއްޖެއްގެ ގައިން އިންފެކްޝަން ފެނިފައިނުވާ ކަމަށް އެޗްޕީއޭއިން ބުނެފައިވެ އެވެ.

ރާއްޖޭގައި މާބަނޑު މީހުން ހެޕަޓައިޓިސް ބީ އަށް ގަވާއިދުން ސްކްރީން ކުރަމުންދެ އެވެ.

މީގެ އިތުރުން ހެޕަޓައިޓިސް ބީ އަށް ޕޮޒިޓިވް މާބަނޑު މީހުންނަށް ފަރުވާ ދެމުންދާއިރު ހެޕަޓައިޓިސް ބީ އަށް ޕޮޒިޓިވް މާބަނޑު މީހުން ވިހާ ދަރިފުޅު ރައްކާތެރިކުރުމަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގައި ހެޕަޓައިޓިސް ބީ ކޮންޓްރޯލް ކުރެވިފައިވާ ކަމަށް އެޗްޕީއޭ އިން ވަނީ ފާހަގަކޮށްފަ އެވެ.

ހެޕަޓައިޓިސް ބީ އަކީ ފުރަމޭއަށް ޖެހޭ ގައިންގަޔަށް އަރާ ބައްޔެކެވެ. މިއީ ވައިރަސްއަކުން ޖެހޭ ބައްޔެކެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910