ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ހަ ރަކުން ހަ މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ހަ ރަކުން ހަ މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.

އެޗްޕީއޭއިން މިއަދު ބުނީ ކޮވިޑަށް މީހުން ޕޮޒިޓިވްވެފައިވަނީ ތ. ވޭމަންޑޫ އާއި ނ. މަނަދޫ އާއި ޅ. ނައިފަރުގެ އިތުރުން ރ. ދުވާފަރާއި ހއ. ކެލާ އަދި ހއ. ދިއްދޫއިން ކަމަށެވެ.

ތ. ވޭމަންޑޫއިން ޕޮޒިޓިވްވެފައިވަނީ 54 އަހަރުގެ އަންހެނެކެވެ. އަދި ނ. މަނަދޫއިން ޕޮޒިޓިވްވީ ފިރިހެނެކެވެ. އެ ދެ މީހުންނަކީ ފުރަބަންދަށްފަހު ކުރި ޓެސްޓުން ޕޮޒިޓިވްވީ ދެ މީހުންނެވެ.

ނައިފަރުން ޕޮޒިޓިވްވީ ބަންގަލްދޭޝްގެ ފިރިހެނެކެވެ. ދުވާފަރުން ޕޮޒިޓިވްވީ 23 އަހަރުގެ އަންހެނެކެވެ. ހއ. ކެލައިން 57 އަހަރުގެ ފިރިހެނެކެވެ. އަދި ދިއްދޫއިން 22 އަހަރުގެ އަންހެނެކެވެ.

މިދިޔަ އޮގަސްޓް މަހުން ފެށިގެން ރާއްޖޭގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު ބޮޑުތަނުން އިތުރުވެފައިވާއިރު ރާއްޖޭގެ ކޮވިޑް ނަންބަރު ވަނީ 8900 އަށް އަރާފައެވެ. އޮގަސްޓް މަހަކީ އެންމެ ގިނަ ބަޔަކަށް ކޮވިޑް ޖެހުނު މަހެވެ. އެ މަހު އެކަނިވެސް 3900 ވުރެ ގިނަ މީހުންނަށް ބަލި ޖެހުނެވެ. އަދި އެ މަހު އެކަނިވެސް 12 މީހަކު އެ ބަލީގައި މަރުވިއެވެ.

ކޮވިޑްގެ ބަލި މީހުން ފެންނަ ނިސްބަތް މިިދިޔަ ހަތަރު ދުވަހު ވަނީ ދަށްވެފައެވެ. ނަމަވެސް އަތޮޅުތެރޭގެ ގިނަ ރަށްތަކެއްގައި ކޮވިޑްގެ ބަލި މީހުން މިހާރު އެބަތިއްބެވެ. އެގޮތުން 25 ރަށެއްގައި ކޮވިޑްގެ ބަލި މީހުން އެބަ ތިއްބެވެ. އެ ރަށްރަށުގައި 89 ބަލި މީހުން އެބަތިއްބެވެ. އެއީ 82 ދިވެހިންނާއި ހަތް ބިދޭސީންނެވެ.

ކޮވިޑްގެ ބަލި މީހުން ހއ. އާއި ށ. އަތޮޅާއި ނ. އަތޮޅާއި ރ. އަތޮޅާއި ބ. އަތޮޅާއި ޅ. އަތޮޅާއި އއ. އަތޮޅާއި ފ. އަތޮޅާއި ދ. އަތޮޅާއި ލ. އަތޮޅާއި ގދ އަދި ސ އަތޮޅުގެ އެކި ރަށްރަށުގައި އެބަ ތިއްބެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކޮށްފައިވާ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީތަކުގެ ތެރެއިން ބ އަތޮޅު ފެސިލިޓީގައި އެކަކު ލ. ގަން ފެސިލިޓީގައި ދެ މީހަކު އަދި ގއ. ވިލިނގިލި ފެސިލިޓީގައި ހަތަރު މީހަކަށް ދަނީ އެޑްމިޓްކޮށްގެން ފަރުވާ ދެމުންނެވެ. އެ އެންމެންނަކީ ވެސް އުމުރުން ދުވަސްވީ ކޮވިޑްގެ ހައިރިސްކު މީހުންނެވެ.