ހަބަރު

އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް އުފައްދައިފި

Sep 13, 2020
1

ޗާޓަޑް އެކައުންޓެންޓުންގެ ގާނޫނުގެ ދަށުން ރާއްޖޭގައި އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް (އައިސީއޭއެމް) ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހއްމަދު ސޯލިހު އުފައްދަވައިފި އެވެ.

ރައީސް އޮފީހުން ބުނީ އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް ރައީސް އުފައްދެވީ މި މަހުގެ އަށް ވަނަ ދުވަހުގައި ކަމަށެވެ.

މިދިއަ އޮގަސްޓު މަހު މަޖިލީހުން ފާސްކުރި މި ބިލު ގާނޫނަކަށްވި އިރު އެކައުންޓެންސީ ދާއިރާއާ ގުޅޭ ކަންކަން ބައިނަލްއަގުވާމީ އުސޫލުތަކާއި ހަމަތަކާއި އެއްގޮތްވާ ގޮތުގެމަތިން ތަންޒީމުކޮށް ރާއްޖޭގައި އެކައުންޓަންސީގެ ޕްރޮފެޝަނެއް ގާއިމުކޮށް، އެ ޕްރޮފެޝަން ކުރިއެރުވުމަށް މަގުފަހިކުރުމަށް އައިސީއޭއެމް އުފައްދަން ކަނޑައަޅާފައި ވެއެވެ.