ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑް: ހަ ދުވަސްފަހުން ނަންބަރު އުފުލިއްޖެ

މިދިއަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން ކޮވިޑް-19 އަށް 121 މީހަކު ޕޮޒިޓިވްވެއްޖެ އެވެ. ނަމަވެސް މިދިއަ ހަ ދުވަހު ވެސް ޕޮޒިޓިވް ވުން ހުރީ 100 އިން ދަށުގަ އެވެ.

މިއަދުގެ އިރު އޮއްސުމާ ހަމައަށް އެއްކޮށްފައިވާ ހިސާބުތަކާ ހަވަލާ ދީ އެޗްޕީއޭއިން މިރޭ ބުނީ ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 102 މީހުނަކީ މާލޭ ސަރަހައްދުން ޖެހުނު މީހުން ކަމަށެވެ. އަނެއް 119 މީހުންނަކީ އަތޮޅުތަކުގެ ތެރޭގެ ރަށްރަށުން ޕޮޒިޓިވްވެފައިވާ މީހުނެވެ.

އަލަށް ޕޮޒިޓިވްވި މީހުންގެ ތެރޭ 75 ދިވެހިން ހިމެނެ އެވެ. ދެން 46 ބިދޭސީންނެވެ. މިދިޔަ 24 ގަޑިއިރުތެރޭ ކޮށްފައިވަނީ 1301 ޓެސްޓެވެ.

މިއަދު ޕޮޒިޓިވްވި މީހުނާއެކު ރާއްޖޭގެ އަދަދު ވަނީ 9,173 އަރާފަ އެވެ. މިއަދު ކޮވިޑުން ރަނގަޅުވީ 171 މީހުންނެވެ. ރާއްޖެއިން ރަނގަޅުވި ޖުމްލަ މީހުންގެ އަދަދަކީ 7،326 އެވެ. މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅުނުވެ ތިބީ 1،809 މީހުންނެވެ. ކޮވިޑްގައި 32 މީހަކު ވަނީ މަރުވެފަ އެވެ. ކޮވިޑްގައި އެންމެ ފަހުން މީހަކު މަރުވެފައިވަނީ ރޭގެ ވަގުތެއްގައެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 113 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

Message by Ministry Of Health