ކަނޑުމަތީގެ ހާދިސާ

ކޮޅުވެއްޓިއެއް ފަރަކަށް އަރައިފި

Sep 14, 2020

އުތުރުގެ ބައެއް މަޝްރޫއުތަކަށް ބޭނުންވާ އެސްކެވޭޓަރާއި އެހެނިހެން ވެހިކަލްތަކާއި ސާމާނު އަރުވައިގެން ހަތް މީހުނާއެކު މާލެއިން ހދ. ކުޅުދުއްފުއްޓަށް ދަތުރު ކުރި ކޮޅުވެއްޓިއެއް ފަރަށް އަރައި އުރިއްޖެ އެވެ.

ސިފައިންގެއިން މިއަދު ބުނީ އުތުރަށް ދަތުރު ކުރި "ހެވީ ސްޓާ" ކޮޅުވެއްޓި އުރުނީ ށ. ނަލަންދޫ ފަރަށް ކަމަށެވެ. އުރުނު 140 ފޫޓުގެ އެ ކޮޅުވެއްޓިއަށް ދިޔަވާތީ ސިފައިން ހަރަކާތްތެރި ވަމުން ގެންދާ ކަމަށެވެ.

އެ އުޅަނދު އުރުނީ ރޭ ދަންވަރު އެވެ. އުރުނު އިރު ތިބި ހަތް މީހުންގެ ތެރޭގައި ހިމެނެނީ ތިން ދިވެހިންނާއި ހަތަރު ބިދޭސީއެކެވެ. އެއިން މީހަކަށް ގެއްލުމެއް ނުވެއެވެ.