ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑް: 70 ޕޮޒިޓިވް، 210 މީހުން ރަނގަޅުވެއްޖެ

މިދިއަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން ކޮވިޑް-19 އަށް 70 މީހަކު ޕޮޒިޓިވް ވެއްޖެ އެވެ.

މިއަދުގެ އިރު އޮއްސުމާ ހަމައަށް އެއްކޮށްފައިވާ ހިސާބުތަކާ ހަވަލާ ދީ އެޗްޕީއޭއިން މިރޭ ބުނީ ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 65 މީހުނަކީ މާލޭ ސަރަހައްދުން ޖެހުނު މީހުން ކަމަށެވެ. އަނެއް ފަސް މީހުންނަކީ އަތޮޅުތަކުގެ ތެރޭގެ ރަށްރަށުން ޕޮޒިޓިވްވެފައިވާ މީހުނެވެ.

އަލަށް ޕޮޒިޓިވްވި މީހުންގެ ތެރޭ 48 ދިވެހިން ހިމެނެ އެވެ. ދެން 22 ބިދޭސީންނެވެ. މިދިޔަ 24 ގަޑިއިރުތެރޭ ކޮށްފައިވަނީ 1324 ޓެސްޓެވެ.

މިއަދު ޕޮޒިޓިވްވި މީހުނާއެކު ރާއްޖޭގެ އަދަދު ވަނީ 9,243 އަރާފަ އެވެ. މިއަދު ކޮވިޑުން ރަނގަޅުވީ 210 މީހުންނެވެ. ރާއްޖެއިން ރަނގަޅުވި ޖުމްލަ މީހުންގެ އަދަދަކީ 7،536 އެވެ. މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅުނުވެ ތިބީ 1،669 މީހުންނެވެ. ކޮވިޑްގައި 33 މީހަކު ވަނީ މަރުވެފަ އެވެ. ކޮވިޑްގައި އެންމެ ފަހުން މީހަކު މަރުވެފައިވަނީ ރޭގެ ވަގުތެއްގައެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 105 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. އަތޮޅުތެރޭގެ 21 ރަށެއްގައި 77 މީހަކަށް ބަލިޖެހިފައިވެއެވެ.