ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އޮޑިޓާ ޖެނެރަލް އޮފީސް

"މެޑިކަލް ފެސިލިޓީ ހަދާފައިވަނީ ދައުލަތުގެ މިލްކުވެރިކަން ނެތް ބިމެއްގައި"

ކޮވިޑްގެ ބަލި މީހުންނަށް ފަރުވާ ދިނުމަށް ހުޅުމާލޭގައި ގާއިމް ކުރި މެޑިކަލް ފެސިލިޓީ ހަދާފައިވަނީ ދައުލަތުގެ މިލްކުވެރިކަން ނެތް ބިމެއްގައި ކަމަށް އޮޑިޓަރު ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.

އެ އޮފީހުން އެކަން ހާމަކޮށްފައިވަނީ ކޮވިޑް-19 ގެ ބަލިމަޑުކަމާއިި ގުޅިގެން ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ ކުރި ހަރަދުތަކުގެ ކޮންޕްލަޔަންސް އޮޑިޓް ރިޕޯޓްގައެވެ. އޮޑިޓް އޮފީހުން ވަނީ އެ ރިޕޯޓް މިއަދު އާންމުކޮށްފައެވެ. ރިޕޯޓްގައި ގިނަ މައްސަލަތަކެއް ފާހަގަކޮށްފައިވެއެވެ.

އެ ރިޕޯޓްގައި ބުނެފައިވަނީ މެޑިކަލްު ފެސިލިޓީއަކަށްު އިމާރާތް ބަދަލުކުރުމަށްު 4,687,967 ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ. އަދި މެޑިކަލްު އެކިއުޕްމަންޓާއި އެހެނިހެން ހަރަދުތަކަމަށް 19,506,188 ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ. އެހެން ކަމުން މެޑިކަލް ފެސިލިޓީއަށް ޖުމްލަ 24,194,156 ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.

އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ މެޑިކަލް ފެސިލިޓީ ހަދާފައިވަނީ 2012 ވަނަ އަހަރު އަމިއްލަ ފަރާތަކަށް މޮރިޝަސްު ކޮމާޝަލްު ބޭންކްު (މޯލްޑިވްސް) އިން ދޫކުރި 4,315,153.75 ރުފިޔާގެ ލޯނަކަށް ރަހުނުކޮށްފައިވާ ބިމެއްގައި ކަމަށެވެ. އަދި ލޯން ނެގި ފަރާތުން ލޯން ދައްކާފައިނުވާތީ އެ ބިން ވިއްކާލުމުގެ އިހުތިޔާރު މޮރިޝަސް ބެންކަށް ސިވިލް ކޯޓުން ދީފައިވާ ކަމަށެވެ. އަދި އެ ބިމަކީ އެންމެ ތިން މަސް ދުވަހަށް އެޗްޑީސީން، އެންޑީއެމްއޭ ދޫކޮށްފައިވާ ބިމެއް ކަމަށްވެސް ވަނީ ބުނެފައެވެ.

ކޮވިޑްގެ ބަލި މީހުންނަށް ފަރުވާ ދިނުމަށް ހުޅުމާލޭގައި މެޑިކަލް ފެސިލިޓީ ގާއިމުކުރަން ފެށުމުން އެ ބިމާ ގުޅޭގޮތުން ނޫސްވެރިން ތަކުރާރުކޮށް ވަނީ ސުވާލުކޮށްފައެވެ. ޓްރީޓޮޕް ހޮސްޕިޓަލް ކައިރި އިމާރާތްކޮށްފައިވާ މެޑިކަލް ފެސިލިޓީ ހުރި ބިމާ ގުޅޭގޮތުން އޭރު އެއްވެސް ޖަވާބެއް އިދާރާތަކުން ދީފައެއް ނުވެއެވެ.