ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑް: 1600 ސާމްޕަލުން ޕޮޒިޓިވްވީ 99

މިދިއަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން 99 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

މިއަދުގެ އިރު އޮއްސުމާ ހަމައަށް އެއްކޮށްފައިވާ ހިސާބުތަކާ ހަވަލާ ދީ އެޗްޕީއޭއިން މިރޭ ބުނީ ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 92 މީހުނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުން ކަމަށެވެ. އަނެއް ހަތް މީހުނަކީ އަތޮޅުތަކުގެ ތެރޭގެ ރަށްރަށުން ޕޮޒިޓިވްވެފައިވާ މީހުނެވެ.

އަލަށް ޕޮޒިޓިވްވި މީހުންގެ ތެރޭ 65 ދިވެހިން ހިމެނެ އެވެ. ދެން ހިމެނެނީ 34 ބިދޭސީންނެވެ. މިދިޔަ 24 ގަޑިއިރު ޓެސްޓްކޮށްފައި ވަނީ 1،640 ސާމްޕަލެވެ.

މިއަދު ޕޮޒިޓިވްވި މީހުނާއެކު ރާއްޖޭގެ އަދަދު ވަނީ 9,328 އަރާފަ އެވެ. މިއަދު ކޮވިޑުން ރަނގަޅުވީ 174 މީހުންނެވެ. ރާއްޖެއިން ރަނގަޅުވި ޖުމްލަ މީހުންގެ އަދަދަކީ 7،903 އެވެ. މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 1،485 މީހުންނެވެ. ކޮވިޑްގައި 33 މީހަކު ވަނީ މަރުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 115 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. އަތޮޅުތެރޭގެ 20 ރަށެއްގައި 70 މީހަކަށް ބަލިޖެހިފައި ވެއެވެ.