ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑް: އުސޫލުތަކަށް ފެތޭތޯ ބަލަން މާސް އިންސްޕެކްޝަނެއް ފަށަނީ

ކޮވިޑް-19އާ ގުޅިގެން އާންމުކޮށްފަައިވާ ގައިޑްލައިންތަކާއި އެއްގޮތަށް އަމަލު ކުރަމުން ގެންދޭތޯ ބެލުމަށް މާލެ ސަރަހައްދުގައި މާސް އިންސްޕެކްޝަނެއް ކުރިއަށް ގެންދިއުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނިންމައިފި އެވެ. އެޗްޕީއޭއިން ވަނީ މީގެ ކުރިންވެސް ގައިޑްލައިންއަށް އަމަލު ކުރޭތޯ ބެލުމަށް ހާއްސަ އިންސްޕެކްޝަންތަކެއް ކުރިއަށް ގެންގޮސްފައެވެ.

އެ އެޖެންސީން މިއަދު ބުނީ މާސް އިންސްޕެކްޝަން ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 20 ވަނަ ދުވަހު ކަމަށެވެ. މި އިންސްޕެކްޝަންގައި ސަރުކާރު އޮފީސްތަކާއި އަމިއްލަ އޮފީސްތަކާއި ޕަބްލިކް ޓްރާސްޕޯޓްގެ ހިދުމަތް ފޯރުކޮށްދޭ ތަންތަން ރެންޑަމްކޮށް އިންސްޕެކްޓް ކުރަމުން ގެންދާނެއެވެ.

އަދި އާންމު ހިދުމަތްދޭ ތަންތަނުން އުސޫލުތަކާއި އެއްގޮތަށް އަމަލު ކުރޭތޯ ބެލުންވެސް މި އިންސްޕެކްޝަންގެ ތެރެއިން ކުރިއަށްދާނެ ކަމަށެވެ. މި އިންސްޕެކްޝަންގައި އުސޫލާއި ހިލާފުވާ ތަންތަން ވަގުތުން ބަންދުކުރާނެއެވެ. އެއީ ފުރަތަމަ ފަހަރު 48 ގަޑިއިރަށެވެ. ދެވަނަ ފަހަރު އެތަނެއް ބަންދުކުރާނީ 1000 ރުފިޔާއިން ޖޫރިމަނާކޮށް 72 ގަޑިއިރަށެވެ. އަދި ތިންވަނަ ފަހަރު 1000 ރުފިޔާއިން ޖޫރިމަނާކޮށް ފަސް ދުވަހުގެ މުއްދަތަށެވެ. އުސޫލުތަކަށް އެ ތަނެއް ފެއްތުމަށްފަހުވެސް ހުޅުވަން ހުއްދަދޭނީ އެ މުއްދަަތަށް ފަހު ކަމަަށްވެސް އެޗްޕީއޭއިން ބުންޏެވެ.

އެޗްޕީއޭއިން ކުރިން ހިންގި އިންޕެކްޝަންގެ ތެރެއިންވެސް ގިނަ އަދަދެއްގެ ފިހާރަ، ކެފޭ، ހޮޓާ، ރެސްޓޯރަންޓް، މާރުކޭޓް އަދި ސެލޫންތައް ވަނީ ބަންދުކޮށްފައެވެ.