ހަބަރު

ހޯދަން ފޮޓޯ އާންމު ކުރި މީހާ މައުލޫމާތު ނަގައިފި

Sep 21, 2020

ވައްކަމުގެ މައްސަލައެއްގައި ހޯދާ މީހެއްގެ ފޮޓޯ އާއި ވަނަވަރު އާންމު ކުރުމަށްފަހު ފުލުހުން އެ މައުލޫމާތު ނަގައިފި އެވެ.

ހޯދަން އިއުލާނު ކުރީ ވަނީ ނ. މިލަދޫ، މީހެކެވެ އެވެ. ފުލުހުން ބުނީ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް އެމީހާ ހާޒިރު ކުރަން ބޭނުންވެ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދު ކުރެވިފައި ނުވާ ކަމަށެވެ. އަދި އޭނާގެ އާއިލާއަށް ވެސް އޭނާ އުޅޭ ވަކިތަނެއް އެނގިފައި ނުވާ ކަމަށެވެ.

އޭނާ ހާޒިރު ކުރަނީ ވައްކަމުގެ މައްސަލައެއްގެ ތަހުގީގުގައި ސުވާލު ކުރާށެވެ.