ވިޔަފާރި

ދުނިޔޭގެ އެންމެ ބޮޑު ވޯޓާވިލާތައް ރާއްޖެއަށް

Sep 26, 2020
1

ދުނިޔޭގެ އެންމެ ބޮޑެތި މޫދު ކޮޓަރިތައް ރާއްޖޭގައި ހުޅުވައިފި އެވެ.

ރާއްޖޭގެ ގިނަ ރިސޯޓުތަކުގައި ލަގްޒަރީ ވޯޓާ ވިލާތައް ހުރެ އެވެ. އެ މޫދު ކޮޓަރިތަކާ ހިލާފަށް މުޅި ދުނިޔެއިން ވެސް ފާހަގަކޮށްލެވޭ އެންމެ ބޮޑެތި ވޯޓާ ވިލާތައް ރާއްޖެއަށް ގެނައީ މަޝްހޫރު ސޮނެވާފުށިންނެވެ.

ސީއެންއެންގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ސޮނޭވާފުށި ރިސޯޓުގައި އިއްޔެ ހުޅުވި މި ވޯޓަ ވިލާތަކުގެ ތެރެއިން އެއް ކޮޓަރީގެ ރޫމެއްގައި 6286 ސްކޮއާފީޓު ހުރެ އެވެ. އަދި ދެ ކޮޓަރި އަށް 9224 އެވެ. އެއް ކޮޓަރި އާއި ދެ ކޮޓަރީގެ މި ބޮޑުމިނުގެ ޖުމްލަ، އަށް ކޮޓަރި ހުރި އިރު މިހާރު އެ ތަންތަން ހުރީ ބުކިންއަށް ތައްޔާރު ވެފަ އެވެ.

ކޮޓަރިތަކުގެ އެތެރެވެސް ފަރުމާކޮށްފައި ހުރީ ސޮނެވާ އިން ދޭ ހިދުމަތާ އެއްވަރަށް ތަފާތު ގޮތެއްގަ އެވެ. މޫދު ކޮޓަރިތަކުގެ ފުރިހަމަކަން ގެނައުމަށް، މުޅި ކޮޓަރީގެ ފްލޯރިން ހަދާފައި ވަނީ "ގްލާސް ފްލޯ ޕެނަލްސް" އިންނެވެ. ދޯންޏަކަށް އަރައިގެން ގޮސް މޫދަށް ފައިބައިގެން މޫދު އަޑި ބެލުމުގެ ބަދަލުގައި ކޮޓަރީގައި ހުރެގެން ވެސް އެ މަންޒަރު ފެންނާނެ ފަދަ ގޮތަކަށެވެ. މީގެ އިތުރުން، ޕްރައިވެޓް އައުޓްޑޯ ބާތު ޓަބް އާއި ޕޫލް އަކާއި ވިލާގެ، ފުރާޅު ކަހާލާ އުޑުމަތި ބަލާލެވޭ ގޮތްވެސް ހެދެ އެވެ.

އެއް ކޮޓަރީގެ މޫދު ވިލާއެއްގެ އަގު އުޅެނީ ރެއަކަށް 2،626 ޑޮލަރަށެވެ. އަދި ދެ ކޮޓަރީގެ މޫދު ވިލާއެއްގެ އަގު އުޅެނީ ރެއަަކަށް 5،232 ޑޮލަރަށެވެ.

ފަތުރުވެރިކަމުގެ ތެރެއަށް 1995 ވަނަ އަހަރު ވަން ސޮނެވާ ފުށި ރިސޯޓަކީ މިހާރު ރާއްޖޭގައި ހުރި މަތީފަންތީގެ ރިސޯޓުތަކުން އެއް ރިސޯޓެވެ. މަޝްހޫރު މީހުންގެ މެދުގައި ލަގްޒަރީ ރިސޯޓެއްގެ ގޮތުގައި ސޮނެވާ ފާހަގަކުރެ އެވެ.

ކޮވިޑަށް ފަހު ޖުލައި 15 ގައި ރާއްޖޭގެ ބޯޑަރުތައް ހުޅުވާލާ މިހާރު ދަނީ ފްލައިޓުތައް މެދުނުކެނޑި ޖައްސަމުންނެވެ. ބޯޑަރު ހުޅުވި ފަހުން އޮޕަރޭޝަންގައި އޮތީ 61 ރިސޯޓެވެ.