ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

ހުޅުވަންވީ ވީއައިއޭ ނޫން އެއާޕޯޓެއް: ސޯނޫ

ކޮވިޑް-19 އަށްފަހު އަލުން ޓޫރިޒަމް ފަށާއިރު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް(ވީއައިއޭ) ނޫން އެހެން އެއާޕޯޓު ތަކެއް ބޭނުން ކުރަން ޖެހޭ ކަމަށް ސޮނެވޭ ގްރޫޕުގެ ވެރިޔާ، ސޯނޫ ޝިވްދާސަނީ މިއަދު ވިދާޅުވެއްޖެ އެވެ.

މޯލްޑިވިއަން އެމްޕްލޮޔާސް (އެންއެފްއެމްއީ) އިން ސިލްސިލާކޮށް މިއަދު ދެށި ވެބިނާގެ ފުރަތަމަ ބައިގައި ވާހަކަ ދައްކަވަމުން، ރާއްޖެ ލަގްޒަރީ ޓޫރިޒަމް ދުނިޔެ އަށް ހުޅުވާލި ވިޔަފާރިވެރިޔާ ސޯނޫ ވިދާޅުވީ ޓޫރިޒަމް އަލުން ހުޅުވާލާއިރު ވީއައިއޭ ނޫން އެހެން އެއާޕޯޓެއް ބޭނުން ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. ހާއްސަކޮށް އަލުން ޓޫރިޒަމް ފަށާއިރު އެއާލައިން ތަކުން ބޮޑެތި ބޯޓު ފަހަރު ބޭނުން ކުރަން ނުފަށާނެތީ ރާއްޖެ އަށް މީގެ ފައިދާ ނެގޭނެ ކަމަށެވެ.

"ރާއްޖޭގައި ބޭނުން ކުރެވޭނެ އެބައޮތް މާފަރު އެއާޕޯޓު ވެސް. އެހެން އެއާޕޯޓުތައް ވެސް އެހެން މި ތަންތަން ބޭނުން ކުރުން މުހިންމު،" ސޯނޫ ވިދާޅުވި އެވެ.

"ޓޫރިޒަމް ރައްކާތެރިކަމާއެކު ހުޅުވާލުން" މައުލޫއަށް މިއަދު ބޭއްވި ވެބިނާ ފެސިލިޓޭޓަރެެއްގެ ގޮތުގައި ހޮސްޓް ކުރައްވާނީ، އެންއެފްއެމްއީ އާއި އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް އޭޝިއަން އެންޑް ވެސްޓަން ޕެސިފިކް ކޮންޓްރެކްޓަރސް އެސޯސިއޭޝަން (އިފޮޕްކާ) ގެ ރައީސް މުހައްމަދު އަލީ ޖަނާހު އެވެ. ވެބިނާގައި ޖަނާހު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ސޯނޫ ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ޕްރައިވެޓް ޖެޓުގައި އަންނަން ގިނަ އަދަދެއްގެ މީހުން ޝައުގުވެރިކަން ފާޅު ކުރަމުންދާ ކަމަށެވެ.

"އެހެން އެއްވެސް ދުވަސްވަރެއްގައި ނޯން ވަރަކަށް މިކަމަށް ޝައުގުވެރިކަން އެބައޮތް،" ސޯނޫ ވިދާޅުވި އެވެ.

ސޯނޫގެ ވާހަކަ އަށް ވެބިނާ ޕެނަލްގައި ބައިވެރިވި ހުރިހާ ޕެނަލިސްޓުން ވެސް ވަނީ ސަޕޯޓްކޮށް ވާހަކަ ދައްކާފަ އެވެ. ޕެނަލިސްޓުންގެ ގޮތުގައި ބައިވެރިވެވަޑައިގަތީ ޓްރެބަލް އެޖެންޓުގެ ޖަމިއްޔާ، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) ގެ ރައީސް އަބްދުﷲ ގިޔާސް އާއި މަންޓާ އެއާގެ ޗީފް އެގްޒެކެޓިވް އޮފިސަރު، މުހައްމަދު ހަލީލްގެ އިތުރުން ބުކިން ވެބްސައިޓް އަގޯޑާގެ އިސް މަގާމެއް ފުރުއްވި ހަސަން މުރާދު އެވެ.

ވެބިނާގެ މަންޓާ އެއާގެ ސީއީއޯ މުހައްމަދު ހަލީލް ވިދާޅުވީ ޗެޓްތަކަށް މިހާރު ވެސް ހުޅުވާލެވޭނެ ކިތަންމެ ފުރުސަތެއް އެބައޮތް ކަމަށެވެ. މަންޓާގެ ދަށުން ހިންގާ ދ. އެއާޕޯޓަކީ 1800 މީޓަރުގެ ރަންވޭއެއް އޮތްތަނެއް ކަމަށާއި އެހެންކަމުން މި ފަދަ ތަންތަން ބޭނުން ކުރެވިދާނެ ކަމަށެވެ.