ވިޔަފާރި

ސޮނޭވާ ފުށި ހުޅުވިތާ 25 އަހަރު

Oct 7, 2020
1

ރާއްޖޭގެ ޓޫރިޒަމަށް ލަގްޒަރީ ރަހަ ގެނެސްދިން ސޮނޭވާ ފުށި ރިސޯޓު ހުޅުވިތާ 25 އަހަރު ފުރިއްޖެ އެވެ.

ސޮނޭވާ ފުށި ރާއްޖޭގައި ހުޅުވިގެން ދިޔައީ، އިންޑިއާގެ މަހުޖަނު އިންދޫ ސިވަދަސިނީގެ އެންމެ ހަގު ފިރިހެން ދަރިފުޅު ކަމަށްވާ ސޯނޫ ޝިދްވަސާނީގެ ލޮލުގައި ރާއްޖެ އަޅައިގަތުމުންނެވެ. މިކަން މެދުވެރިވީ އޭނާގެ ލޯބިވެރިޔާ އަދި ވިޔަފާރީގެ ބައިވެރިޔާ އީވާ މެލްމްސްޓޯމް 1987 ގައި އެތައް ފަހަރެއްގެ މަތިން ރާއްޖެއަށް ކުރި ޗުއްޓީ ދަތުރުތަކެއްގަ އެވެ. އޭގެ ކުރިން ވެސް އީވާ އޮތީ ރާއްޖޭގެ ހިތްގައިމު ކަމުގެ ވާހަކަ ސޯނޫ އަށް ކިޔައިދީފަ އެވެ.

އެހެންވެ ރާއްޖެއަށް ހިތް ޖެހި، ދެ މަފިރިން ބައިވެރި ވެގެން ރާއްޖޭގައި ފުރަތަމަ ރިސޯޓެއް ހުޅުވީ 1995 ވަނަ އަހަރު އެވެ. މި ރިސޯޓު ވެގެން ގޮސްފައިވަނީ 2010 ގައި ޓޫރިޒަމް ގާނޫނަށް ގެނައި ބަދަލާއެކު ދިގު މުއްދަތަށް ޓޫރިސްޓުންނަށް ވިލާތައް ކުއްޔަށް ދޭން ތައްޔާރު ކުރި ފުރަތަމަ ރިސޯޓަށެވެ.

ސޮނޭވާ ފުށިން ވަނީ 2011 ވަނަ އަހަރު ހަތަރު ކޮޓަރީގެ ވިލާއެއް ބޭރުގެ މަހުޖަނަަށް "ވިއްކާލާފަ" އެވެ. މީގެ އިތުރުން ވެސް ޓޫރިޒަމަށް ލަގްޒަރީ ރަހަ ގެނެސްދިން އެތައް ހިދުމަތެއް ސޮނޭވާ ފުށިން ވަނީ ރާއްޖެ އަށް ގެނެސް ދީފައެވެ. ރާއްޖޭގެ ފުރަތަމަ ޕޫލް ވިލާ އާއި ފުރަތަމަ އައުޑްޑޯ ސިނަމާވެސް ހެދީ ސޮނޭވާ ފުށީގަ އެވެ. މީގެ އިތުރުން ސޮނޭވާ ފުށިން ދާދި ފަހުން ވަނީ ދުނިޔޭގެ އެންމެ ބޮޑު އެއް ކޮޓަރީގެ ވިލާ ވެސް ހުޅުވާފަ އެވެ.