ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ސްކޫލް

މަތީ ގްރޭޑްތަކުގެ ކިޔެވުން ފަށަން ނިންމައިފި

މެދުކެނޑުމަކަށް ފަހު، މާލޭސިޓީގެ ސްކޫލްތަކުގައި ކީސްޓޭޖް ހަތަރަކާއި އާއި ފަހެއް، (ގްރޭޑް 9 އިން 12 ) އަށް އަލުން ކިޔެވުން ފަށަން ނިންމައިފި އެވެ.

މާލެ ސިޓީ ސްކޫލްތަކުގެ ކިޔެވުން އަންނަ އޮކްޓޯބަރުގެ ނިޔަލަށް އޮންލައިންކޮށް ކުރިއަށް ގެންދަން ނިންމީ މިދިޔަ މަހު 17 ގަ އެވެ. ދެ ހަފުތާއަށް ފަހު މިހާރުގެ ހާލަތަށް ރިއާޔަތްކޮށް، ސްކޫލްތައް އަލުން ހުޅުވަން ނިންމާފައިވާކަން މިއަދު ވަނީ އިއުލާން ކޮށްފަ އެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނީ ހެލްތު ޕްރޮޓެކްްޝަން އޭޖެންސީގެ ލަފާގެ މަތިން އަންނަ މަހުގެ ހަތަރަކުން ފެށިގެން މާލޭ ސިޓީގެ ސްކޫލްތަކުގައި ގްރޭޑް 9 އިން 12 އަށް ކިޔަވައިދޭނެ ކަމަށެވެ.

މާލެ ސިޓީގައި ކޮވިޑް ފެތުރެންް ފެށުމާ ގުޅިގެން ސްކޫލްތައް ބަންދުކޮށް ކިޔެވުން މެދުކަނޑާލުމަށް ފަހު ތިން މަސް ފަހުން ސްކޫލްތައް ހުޅުވީ މިދިއަ ޖޫންގަ އެވެ. އެފަހަރު ވެސް ހުޅުވާލީ ގްރޭޑް ނުވައަކުން މަތީގެ ގްރޭޑް ތަކަށެވެ. ނަމަވެސް ސްކޫލްތައް އަލުން ބަންދުކުރީ މާލެ ސިޓީގައި ޕޮޒިޓިވް ކޭސްތައް އިތުރުވާން ފެށުމުންނެވެ.

ސްކޫލްތަކުގެ ކިޔެވުމަށް އައި ބޮޑު ބަދަލާއެކު ގެއްލުނު ފިލާވަޅުތައް އަންނަ އަހަރު ފުރިހަމަކޮށް، ދިރާސީ އާ އަހަރު ފެށުމަށް ނިންމާފައި ވަނީ އަންނަ އަހަރުގެ އޮގަސްޓް 10 ގައެވެ. އާ ދިރާސީ ކަލަންޑަރުގައިވާ ގޮތުން، މި އަހަރުގެ ދެ ވަނަ ޓާމު ފަށާނީ އަންނަ އަހަރު ޖެނުއަރީ 10 ގަ އެވެ. އަދި ޖޫން 24 ގެ ނިޔަލަށް ދެ ވަނަ ޓާމު ދެމިގެންދާނެ އެވެ.

މާލޭ ސިޓީގައި ފިޔަވަޅުތައް ވަރުގަދަ ކުރުމަށްފަަހު މިދިޔަ ތިން ހަފްތާގައި ކޮވިޑްގެ ކޭސްތައް ވަނީ ނިސްބަތުން މަދުވެފަ އެވެ. މިދިޔަ ދެ ހަފްތާގައި ޕޮސިޓިވްވާ ނަންބަރުތައް ހުރީ 100 އިން ދަށުގަ އެވެ. ކޮވިޑްގެ ކޭސްތައް ރާއްޖޭގައި މިހާރު ވަނީ 10،000 އަށް އަރާފަ އެވެ.