ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެޗްޕީއޭ

ކަރަންޓީން އައު އުސޫލު އާންމުކޮށް އަމަލު ކުރަން ފަށައިފި

ރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލު ކުރުމަށް އެއް ތަނުން އަނެއް ތަނަށް ދަތުރު ކުރުމުގައި ކަރަންޓީނު ކުރުމާއި ކަރަންޓީނު ކުރުމުގައި އަމަލު ކުރަންޖެހޭ އައު އުސޫލު އާންމުކޮށް އަމަލު ކުރަން ފަށައިފި އެވެ.

މީގެ ކުރިން އާންމުކުރި ކަރަންޓީން އުސޫލު ބާތިލްކޮށް މިރޭ އާންމުކުރި އުސޫލުގައި ވަނީ ކަރަންޓީން ވާންޖެހޭނެ މީހުންނާއި ކަރަންޓީން ވުމުގައި އަމަލު ކުރަން ޖެހޭ ގޮތް އަދި ކަރަންޓީންވާ ތަނެއް ހުންނަން ޖެހޭ ގޮތް ބުނެފައިވެއެވެ.

އައު އުސޫލުގައިވާ ގޮތުން ކަރަންޓީން ވާން ޖެހެނީ ރާއްޖެއިން ބޭރުން އަންނަ މީހުންނާއި މާލެއިން ރަށްރަށަށް ދާ މީހުންނާއި މާލެއިން ރިސޯޓްތަކަށް ދާ މީހުންނާއި ރިސޯޓްތަކުން ރަށްރަށަށް ދާ މީހުންނާއި ގެސްޓް ހައުސްތައް ހުންނަ ރަށްރަށުން އެހެން ރަށްރަށަށް ދާ މީހުންނާއި ސިނާއީ މަސައްކަތް ކުރާ ރަށްރަށުން އެހެން ރަށްރަށަށް ދާ މީހުން އަދި ކޮމިއުނިޓީ ސްޕްރެޑް އޮތް ރަށަކުން ސިނާއީ މަސައްކަތް ކުރާ ރަށަކަށް ދާ މީހުންނެވެ.

މި އުސޫލުގަައި އެކި ކެޓަގަރީތަކުން ކަރަންޓީންވާ މީހުން އަމަލުކުރަން ޖެހޭ އުސޫލުތައް ވަރަށް ތަފްސީލްކޮށް ބަޔާން ކޮށްފައިވެއެވެ. ކަރަންޓީން ވާން ޖެހެނީ 14 ދުވަހަށެވެ. އަދި އޭގެ ފަހުން ޓެސްޓް ކުރާނެ އެވެ. އަދި ޓެސްޓް ޕޮޒިޓިވްވެއްޖެނަމަ ޕޮޒިޓިވްވާ މީހުންނާމެދު އަމަލު ކުރާ އުސޫލުން އަމަލު ކުރެވޭނެ ކަމަށް ވަނީ ބުނެފައެވެ.

ކަރަންޓީން މުއްދަތުގައި ގެއިން ބޭރަށް ނިކުމެ އުޅުމަކީ މަނާ ކަމެކެވެ. އަދި ކަރަންޓީން މުއްދަތުގައި އެ ގެއަކަށް އެހެން މީހުން ވަނުމާއި އެ ގެއެއްގައި އުޅޭ ބަޔަކު ބޭރަށް ނިކުމެ އުޅުން ވަނީ މަނާކޮށްފައެވެ. އަދި ކޮންމެހެން ބޭރަށް ނިކުންނަން ޖެހިއްޖެ ހާލަތެއްގައި އެކަން ކުރެވޭނީ އެޗްޕީއޭގެ ހުއްދަ ލިބިގެން ކަމަށްވެސް ބުނެފައިވެއެވެ.