ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ސަރުކާރުގެ ފްލެޓުތަކުގެ ކުލި އިތުރަށް ފަސްކޮށް ދެނީ

Sep 28, 2020
2

ކޮވިޑް-19 އާ ގުޅިގެން ގެދޮރުވެރި ކުރުމުގެ އެކި ޕްރޮގްރާމްތަކުގެ ދަށުން މާލެ، ހުޅުމާލެއާއި، އަތޮޅުތަކުގެ ރަށްރަށުން ދޫކޮށްފައިވާ ފުލެޓާއި އަދި ހައުސިން ޔުނިޓުތަކުން ސަރުކާރަށް ދައްކަން ޖެހޭ ކުލި ފަސް ކޮށްދީފައިވާ މުއްދަތު އިތުރު ކުރަން ނިންމައިފި އެވެ.

ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ކޮވިޑް 19 އާއި ގުޅިގެން ސަރުކާރުން ދިން ހަ މަސް ދުވަހުގެ ކުލި ފަސް ކުރުމުގެ މުއްދަތު މިދިއަ މަހުގެ 31 ވަނަ ދުވަހަށް ހަމަވެފައިވާ ކަމަށެވެ.

ނަމަވެސް ގިނަ ފަރާތްތަކެއްގެ އެދުމުގެ މަތީން، މި މަހުން ފެށިގެން އަންނަ ނޮވެމްބަރު މަހުގެ ނިޔަލަށް، އިތުރު ތިން މަސް ދުވަހަށް ކުލި ނެގުން ފަސް ކުރުމަށް ނިންމާފައިވާ ކަމަށެވެ.

އެ އިއުލާނުގައި ބުނީ އެ ކުލި ފަސްކުރެވޭ މުއްދަތު އެގްރީމެންޓަށް އިތުރު ކުރެވޭނެ ކަމަށާއި، އަދި މެއިންޓެނެންސް ފީ ދައްކަން ޖެހޭނެ ކަމަށެވެ.

އެހެންކަމުން، ކުލި ފަސް ކުރުމަށް ބޭނުންވާ ފަރާތްތަކުން އަންނަ މަހުގެ 15 ވަނަ ދުވަހުގެ މެންދުރު 1:00 ގެ ކުރިން އައިޑީކާޑުގެ ކޮޕީއާއި މި މިނިސްޓްރީއާއެކު ކުރެވިފައިވާ އެގްރީމެންޓް ނަމްބަރު އެނގޭނެ ގޮތަށް އީމެއިލް ކުރުމަށް ވަނީ އެދިފަ އެވެ.