ބ. އޭދަފުށި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.
ޕޮޒިޓިވް ވެފައިވަނީ ބ. އަތޮޅު ހޮސްޕިޓަލުގެ ލެބޯޓަރީ ޓެކްނީޝަނަކަށް މަސައްކަތް ކުރުމަށް ގެނައި އިންޑިއާގެ ފިރިހެނެކެވެ. އެޗްއީއޯސީ އިން ބުނީ އެމީހާ ޕޮޒިޓިވް ވެފައިވާކަން އެނގުނީ 14 ދުވަހުގެ ކަރަންޓީނުގެ މުއްދަތު ހަމަ ކުރުމަށް ފަހު ދޫކޮށްލަން ހެދި ޓެސްޓުން ކަމަށެވެ.
މިއީ މިހާތަނަށް އޭދަފުށީން ކަރަންޓިނުގައި ހުއްޓާ ޕޮޒިޓިވް ވި 11 ވަނަ މީހާ އެވެ. އޭނާގެ ހާލު ރަނގަޅެވެ. އޭނާއާ ގުޅޭ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
ރާއްޖޭގައި ކޮވިޑް ބަލި ޖެހުނު މީހުންގެ އަދަދު 10،000 އިން މައްޗަށް ގޮސްފައިވާއިރު މި ބަލީގައި 34 މީހަކު ވަނީ މަރުވެފަ އެވެ.