ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ޕްރީސްކޫލާއި ގުރުއާން ކްލާސްތަކުގެ އެހީގެ މުއްދަތު އިތުރުކޮށްފި

ކޮވިޑް19 އިގެ ސަބަބުން ގުރުއާން ކްލާސްތަކާއި އަމިއްލަ ޕްރީސްކޫލުތަކާއި ކޮމިޔުނިޓީ ޕްރީސްކޫލުތަކަށް ދިމާވެފައިވާ މާލީ ދަތިކަމަށް އެހިިވާން ހުޅުވާލި މުއްދަތު ދެވަނަ ފަހަރަށް އިތުރުކޮށްފި އެވެ.

ރާއްޖޭގައި ހިންގާ އަމިއްލަ ގުުރުއާން ކްލާސްތަކާއި އަމިއްލަ ޕްރީސްކޫލުތައް އަދި ކޮމިއުނިޓީ ޕްރީސްކޫލްތަކަށް ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުން މާލީ ދަަތިތަކާ ކުރިމަތިވެފައި ވާތީ އެހީވުމަށް ޒަކާތު ފަންޑުން 1.5 މިލިއަން ރުފިޔާ ކަނޑައަޅާފައި ވެއެވެ. ގުރުއާން ކްލާސްތަކަށް 500000 ރުފިޔާ އަދި ޕްރީ ސްކޫލުތަކަށް އެއް މިލިއަން ރުފިޔާ ކަނޑައަޅާފައި ވެއެވެ.

އެޑިއުކޭޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނީ ފައިސާގެ އެހީ ހޯދަން ޕްރީސްކޫލްތަކާއި ގުރުއާން ކްލާސްތަކުން ހުށަހަޅަން ޖެހޭ، ފޯމު މި މަހު އަށް ވަނަ ދުވަހުގެ ނިޔަލަށް މުއްދަތު އިތުރު ކޮށްފައިވާ ކަމަށެވެ. އެހީ ބޭނުން ވެގެން މީގެ ކުރިން ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ފޯމު ބާތިލު ނުވާނެ ކަމަށާއި ފޯމު ފުރިހަމަ ނުވާ ފަރާތްތަކަށް އީމެއިލް މެދުވެރިކޮށް އެކަން އަންގާނެ ކަމަށް ވެސް އެ މިނިސްޓްރީން ވަނީ ބުނެފަ އެެވެ.