ދީން

ހަތް މަހަށް ފަހު އުމްރާގެ އަޅުކަން ފަށައިފި

Oct 4, 2020

ކޮވިޑްގެ ބަލާއާފާތާއެކު ރައްކާތެރި ކަމަށްޓަކައި ލޮކްޑައުން ގެންނަން ޖެހުމުގެ ސަބަބުން ސަބަބުން އުމްރާ ކުރުމުގެ ފުރުސަތު ދިނުން ވަގުތީ ގޮތުން މެދުކަނޑާލާފައި އޮތުމަށްފަހު މިއަދުން ފެށިގެން އަނެއްކާވެސް އުމްރާގެ އަޅުކަން ކުރަން ހުޅުވާލައިފި އެވެ.

މިއަދު ވަނީ މީހުން އުމްރާ ވާން ފަށާފަ އެވެ.

އުމްރާވާން އަލުން ފުރުސަތު މި ހުޅުވާލީ ހަތް މަސް ދުވަހު ބަންދުކޮށްފައި ބޭއްވުމަށް ފަހު އެވެ. މިއަދު އުމްރާއަށް ހުޅުވާލި ނަމަވެސް އަޅުކަން އަދާ ކުރެވޭނީ ދުވާލަކު 6000 މީހުނަށް ވުރެ ގިނަ ނުވާނެ ގޮތަށެވެ. އަދި އުމްރާގައި ހިމެނޭ ކަންކަން ފުރިހަމަ ކުރަން ލިބޭނީ ތިން ގަޑިއިރެވެ. ކޮންމެ ދުވަހަކު ފުރުސަތު ލިބޭ 6،000 މީހުން 12 ގުރޫޕަކަށް ބަހާލާނެއެވެ. އެ ގްރޫޕްތަކުން އުމްރާގެ އަޅުކަން އަދާކުރާނީ ސައުދީ ސަރުކާރުން ކަނޑައަޅާފައިވާ ވަކި ވަގުތުތަކެއްގައެވެ.

ދެވަނަ ފޭސްގައި އުމްރާގެ އަޅު ކަމަށް ދުވާލަކު 15،000 މީހުންނަށް ފުރުސަތު ދޭނެ އެވެ. ތިންވަނަ ފޭސްގައި އުމްރާގެ އަޅު ކަމަށް ދުވާލަކު 20،000 މީހުންނަށް ފުރުސަތު ދޭނެ އެވެ.