މޯލްޑިވްސް ޕޮލިސް ސާވިސް

އިމާރާތެއްގެ މަތިން މީހަކު ވެއްޓި އަނިޔާވެއްޖެ

Oct 5, 2020

މާލޭގައި ހަދަމުން ދިޔަ އިމާރާތެއްގެ މަތިން މީހަކު ވެއްޓި އަނިޔާ ވެއްޖެ އެވެ.

ފުލުހުން ބުނީ ފާމުދޭރީމަގުގައި ހަދަމުންދިޔަ އިމާރާތެއްގެ މަތިން މީހަކު ވެއްޓިފައިވާ ކަމަށެވެ. އެ މައުލޫމާތު ލިބުނީ މިއަދު މެންދުރު ފަހު 3:20 އެހާކަންހާއިރު ކަމަށެވެ.

އިމާރާތް މަތިން ވެއްޓިފައިވަނީ ބިދޭސީއެކެވެ. އޭނާއަށް މެޑިކަލް ހޮސްޕިޓަލަށް ގެންގޮސް މިހާރު ދަނީ ފަރުވާ ދެމުންނެވެ. އިމާރާތް މަތިން އެ މީހާ ވެއްޓުނު ވަގުތަކީ މާލެ ސިޓީއަށް ވަރަށް ބޯކޮށް ވާރޭވެހެމުންދިޔަ ވަގުތެކެވެ.