ދުނިޔެ

އަފްޣާނުގައި ޖާނު ގޮއްވާލައިގެން ހަމަލާދީ އަށް މީހަކު މަރާލައިފި

ޖާނު ގޮއްވާލައިގެން ދިން ހަމަލާގައި 30 އަށްވުރެ ގިނަ މީހުން ޒަހަމްވެފައިވޭ އަދި އަށް މީހަކު މަރުވި
0%
0%
0%

އަފްޣާނިސްތާންގެ އިރުމަތީގެ ލަގްމާން ޕްރޮވިންސްގެ ގަވަރަނަރަށް އަމާޒުކޮށް ޖާނު ގޮއްވާލައިގެން ދިން ކާރު ބޮމުގެ ހަމަލަ އަކުން ގަވަރުނަރު ރަހުމަތުﷲ ޔަރްމަލް ސަލާމަތްވެ ވަޑައިގެންފި އެވެ.

އަފްޣާނިސްތާންގެ އިންޓީރިއާ މިނިސްޓްރީން ބުނި ގޮތުގައި ޖާނު ގޮއްވާލައިގެން ދިން އެ ހަމަލައިގައި މަދުވެގެން އަށް މީހުން މަރުވެ 30 މީހުން ޒަހަމް ވެފައި ވެއެވެ.

މި ހަމަލަ ދީފައި ވަނީ އަފްޣާނިސްތާންގެ އިރުމަތީ ލަގްމާން ޕްރޮވިންސްގެ ވެރިރަށް މެހްތާލަމްގަ އެވެ. ގަވަރުނަރު ރަހުމަތުﷲ ޔާމަލްގެ ހާލުކޮޅާބެހޭ މައުލޫމާތެއް މިހާތަނަށް މީޑިއާއަށް ސާފުވެފައެއް ނުވެ އެވެ. އެކަމަކު އެ ސަރަހައްދުގެ ޕްރޮވިންޝަލް ފުލުހުންގެ ތަރުޖަމާނު ވިދާޅުވީ ރަހުމަތުﷲ ޔާމަލްއަށް އެއްވެސް އަނިޔާއެއް ލިބިވަޑައި ނުގެން އެ ހަމަލައިން ސަލާމަތްވެ ވަޑައިގެންފައިވާ ކަމަށެވެ.

އިންޓީރިއާ މިނިސްޓްރީގެ ތަރަުޖަމާން ތޯރިގް އާރިއަން ވިދާޅުވީ ޔާމަލްގެ ހަތަރު ބޮޑީގާޑުން އެ ހަމަލާގައި މަރުވެފައިވާ ކަމަށެވެ. އަދި ޒަހަމް ވި 30 މީހުންގެ ތެރޭގައި ހިމެނެނީ އާންމުންގެ 28 މީހަކާއި ގަވަރުނަރުގެ ދެ ގާޑެކެވެ. މި ހަމަލައިގެ ޒިންމާ އަދި އެއްވެސް ފަރާތަކުން އުފުލާފައެއް ނުވެ އެވެ. އެކަމަކު އެ ސަރަހައްދަކީ ތާލިބާނުންނާއި އައިއެސްއައިއެސް ވެސް ހަރަކާތްތެރިވާ ސަރަހައްދެކެވެ.

ތާލިބާނުން ވަނީ އަފްޣާނިސްތާންގެ މަތީ ފެންވަރުގެ އެތައް އޮފިޝަލުންނެއް ދާދި ފަހުން މަރާލާފަ އެވެ. އދ. ބުނާގޮތުގައި މިއަހަރުގެ ފުރަތަމަ ހަ މަސްް ދުވަހު މަދުވެގެން އާންމުންގެ 1282 މީހަކު އަފްޣާނިސްތާން ގައި މަރާލާފައި ވެއެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910