ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ފުލުހަކު ޕޮޒިޓިވްވެ އުތުރުގެ ހަތް ރަށެއް މޮނިޓަރިންއަށް

ކުޅުދުއްފުށިން ފުލުހަކު ޕޮޒިޓިވްވެ އުތުރުގެ ހަތް ރަށެއް މޮނިޓަރިންއަށް ގެނެސްފި އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ މޮނިޓަރިންގައި ވަނީ ހދ ގެ ބައެއް ރަށްތަކާއި ހއ ގެ ބައެއް ރަށްތަކެވެ. އެޗްއީއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި އެ ސެންޓަރުގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ކުޅުދުއްފުށިން ޕޮޒިޓިވް ފުލުހަކާއި ގުޅިގެން ހއ. ބާރަށާއި އެ އަތޮޅު ދިއްްދޫ އަދި ހޯރަފުށި މޮނިޓަރިންއަށް ގެނެސްފައިވާ ކަމަށެވެ. އަދި ހދ އިން ކުޅުދުއްފުށްޓާއި ކުރިނބީ ވަނީ މޮނިޓަރިންގައެވެ. ށ އަތޮޅުން މޮނިޓަރިންގައިވަނީ ފުނަދޫއެވެ.

ފުލުހުން މީހާ ޕޮޒިޓިވްވުމާއި ގުޅިގެން ކޮންޓްރެކްޓް ޓްރޭސިންގެ މަސައްކަތް ވަނީ ފަށާފައެވެ. މި ހަތް ރަށަށް އަރާ ފޭބުމުގެ ހުއްދަ ދޭނީ އޭގެ ފަހުންނެވެ.

ބަޔަކު ޕޮޒިޓިވްވެ މީގެ ކުރިން ދެ ފަަހަރެއްގެ މަތިން ކުޅުދުއްފުށި މޮނިޓަރިންއަށް ގެނައެވެ. މިވަގުތުވެސް އެ ރަށުގައި ކުޅުދުއްފުށީގައި ހަތް މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވެއެވެ.