ދުނިޔެ

އަސަދު އަވަހާރަކޮށްލާ މީހަކަށް 3.4 މިލިއަން ޑޮލަރު ހުށަހަޅައިފި

Oct 14, 2015

ހަނގުރާމައިގެ މައިދާނަކަށް ބަދަލުވެފައިވާ ސީރިއާގެ ރައީސް ބައްޝާރުލް އަސަދާއި ޝިއައީ ހަނގުރާމަވެރި ޖަމާއަތް ހިޒްބުﷲ ގެ ލީޑަރު ހަސަން ނަސްރުﷲ މަރާލާ މީހަކަށް ފައިސާގެ އިނާމުދޭން އަލްގައިދާއާ ގުޅިފައިވާ ސީރިއާގެ ނުސްރާ ފްރަންޓުން ބުނެފިއެވެ.

މިކަން އިއުލާން ކުރީ ނުސްރާ ފްރަންޓުގެ ލީޑަރު އަބޫ މުހައްމަދު އަލް ގޯލާނީގެ އޯޑިއޯ މެސެޖެއްގަ އެވެ. އެ މެސެޖުގައި ބުނެފައި ވަނީ ރައީސް ބައްޝާރުލް އަވަހާރަކޮށްލާ މީހަކަށް 3.4 މިލިއަން ޑޮލަރު ދޭނެ ކަމަށާއި ބައްޝާރުގެ އާއިލީ މެންބަރަކު އެކަން ކުރި ނަމަވެސް ފައިސާ ދޭނެ ކަމަށާއި ރައްކާތެރިކަން ވެސް ދޭނެ ކަމަށެވެ.

ހިޒްބުﷲ ގެ ލީޑަރު އަވަހާރަކޮށްލާ މީހަކަށް ހުށަހަޅާފައި ވަނީ 2.2 މިލިއަން ޑޮލަރެވެ.

ނުސްރާ ފުރޮންޓަކީ ސީރިއާގެ ސަރުކާރާ ދެކޮޅަށް ހަނގުރާމަ ކުރާ އެންމ ވަރުގަދަ ޖަމާއަތެވެ.