ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ކޮވިޑު ވެކްސިން ހޯދަން ވޯލްޑް ބޭންކުން ރާއްޖެއަށް އެހީވާނެ

Oct 7, 2020
ކޮވިޑް-19 އިގެ ރެންޑަމް ސާމްޕަލް ނެގުމަށް އެޗްޕީއޭއިން ހަރަކާތްތެރިވަނީ. -- އަވަސް ފޮޓޯ: އަހުމަދު އަޝްހާދު އަބްދުﷲ (ޖެރީ)
0%
0%
0%

ކޮވިޑް-19 އަށް ވެކްސިނެއް އުފެއްދުމުގެ މަސައްކަތް ދުނިޔޭގެ ގިނަ ގައުމުތަކުން ކުރަމުން ދާއިރު، ރާއްޖެއަށް ވެކްސިން ހޯދައި ދިނުމުގައި ވޯލްޑް ބޭންކުގެ އެހީތެރިކަން ލިބޭނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅު ވެއްޖެ އެވެ.

ރާއްޖެ އާއި ޗައިނާއާ ދެމެދު ހަދާ ފައިވާ ފްރީ ޓްރޭޑް އެގްރިމެންޓްގެ ދަށުން ދިވެހި މަސްވެރިންނަށް ލިބެންޖެހޭ މަންފާތައް ހިފަހައްޓައިވާ ކަމަށް ވިދާޅުވެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ކުރެއްވި ސުވާލަށް ޖަވާބު ދެއްވުމަށް އަމީރު މިއަދު ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެވަޑައިގެންފައިވާއިރު، އިތުރު ސުވާލު ކުރުމަށް ލިބުނު ފުރުސަތުގައި މެންބަރަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އަމީރު ވިދާޅުވީ ކޮވިޑުގެ ވެކްސިނެއް އުފެއްދުމާއެކު، ރާއްޖެއަށް އެ ވެކްސިން ހޯދުމުގައި މަސައްކަތް ކުރަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އާ ގުޅިގެން ކޯވެކްސް ފެސިލިޓީއެއްގެ ދަށުން ކަމަށެވެ.

އެ ފެސިލިޓީގައި ރާއްޖެއާއެކު 140 އަށް ވުރެ ގިނަ ގައުމު ބައިވެރިވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ވާލްޑް ބޭންކާއެކީ ވާހަކަ ދައްކަމުން މިދަނީ ވާލްޑް ބޭންކުގެ ކޮމިޓްމަންޓެއް އެބައޮތް ވެކްސިން މާކެޓަށް އައުމާއެކުގައި ވެސް އެ ވެކްސިން ހޯދަ ދޭން އެބޭފުޅުން ވެސް އިންވެސްޓު ކުރަމުން ގެންދާނެ ކަމަށް،" އަމީރު ވިދާޅުވި އެވެ.

ކޯވެކްސްއަކީ ހަމަހަމަކަމާއެކު ދުނިޔޭގެ ހުރިހާ ގައުމުތަކަށް ހޯދައި ދިނުމަށް ޑަބްލިޔުއެޗްއޯ އިން އިސްނަގައިގެން ތައާރަފް ކޮށްފައިވާ ފެސިލިޓީއެކެވެ. އޭގައި ގައުމުތަކާއެކު، ބައިނަލްއަގުވާމީ ޖަމިއްޔާތަކާއި ވެކްސިން އުފައްދާ ގިނަ ފަރާތްތަކެއް މިހާރު ވެސް ބައިވެރިވެފައިވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910