ބެއިރޫތު

ބޭރޫތުގައި ތެޔޮ ޓޭންކެއް ގޮވައި ބަޔަކު މަރުވެއްޖެ

Oct 11, 2020

ލުބުނާންގެ ވެރިރަށް ބޭރޫތުގައި ޑީސަލް ޓޭންކެއް ގޮވައި ހަތަރު މީހުން މަރުވެ ގިނަ އަދަދެއްގެ ބަޔަކު ޒަހަމް ވެއްޖެ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ މި ހާދިސާ ހިނގަން މެދުވެރިވީ ބޭކަރީއެއްގެ ތެރޭގައި ހިނގި އަލިފާނުގެ ހާދިސާއެއްގެ ތެރޭ، އެހެން ގުދަނެއްގައި ހުރި ޑީސަލް ޓޭންކު ގޮވުމުގެ ސަބަބުންންވެ. އެ ހާދިސާފައި ޒަހަމްވި 30 މީހަކަށް ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ.

މަންޒަރު ދުށް މީހުނާ ހަވާލާދީ ލުބުނާންގެ ރެޑްކްރޮސްގެ ވެރިޔާ ޖޯޖޮސް ކެޓަނޭ ވިދާޅުވީ މި ގޮވުމުގެ ހަގީގީ ސަބަބު އަދި ސާފުވެފައި ނުވާ ކަމަށާއި ޒަހަމްވެފައިވާ މީހުން ހޮސްޕިޓަލްތަކަށް ގެންދިއުމުގެ މަސައްކަތް ހުއްޓާ ނުލާ ކުރިޔަށް ގެންދާއިރު އަދިވެސް ބިރުވެރި ކަމެއްގެ ތެރެއަށް ގެނބިފައިވާ ކަމަށެވެ.

މީގެ ދެމަސް ކުރީން ބޭރުތުގައި ވަރުގަދަ ގޮވެމެއް އައިސް200 އަށްވުރެ ގިނަ މީހުން މަރުވި އެވެ.