ލުބްނާނަކީ ދަތި އުނދަގޫ ހާލަތްތަކުން އަރައިގެންފައި އޮތް ގައުމެއް ކަމަށް އީރާންގެ ފޮރިން މިނިސްޓަރު ހުސައިން އަމީރު އަބްދުލާހިޔާން ވިދާޅުވެއްޖެ އެވެ. އޭނާ ވިދާޅުވީ ލުބްނާން މިއަދު ވެއްޓިފައި އޮތް ހާލަތުން އަރައިގަމުގެ ކުޅަދާނަކަމާއި ކެތްތެރިކަން އެމީހުންގެ ހުންނާނެ ކަމަށެވެ.
ހުސައިން އަމީރު އަބްދުލާހިޔާން ވިދާޅުވީ ލުބްނާންގެ ހާލަތު ބަދަލު ކުރުމުގައި އެ ގައުމު އެކަހެރި ނުކުރައްވާނެ އެވެ. އީރާން އޮތީ ލުބްނާން އެދިއްޖެ އެހީއެއް ފޯރުކޮށްދެެއްވާ ގޮތަށް ކަމަށް ވެސް ވަޒީރު ވިދާޅުވި އެވެ.
ލުބްނާންގެ ވެރިރަށް ބޭރޫތުގެ ރަފީގް ހަރީރީ އިންޓަނޭޝަނަލް އެއާޕޯޓްގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ހުސައިން އަމީރު އަބްދުލާހިޔާން ވިދާޅުވި ގޮތުގައި ލުބްނާނަށް ވަޑައިގެން އުޅުއްވަނީ ވެސް އީރާނަށް ވެދެވެން ހުރި އެހީއާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވުމަށެވެ.
ހުސައިން އަމީރު އަބްދުލާހިޔާން ލުބްނާނަށް ކުރައްވާ ދެ ދުވަހުގެ ދަތުރުފުޅުގައި ބޮޑުވަޒީރު ނަޖީބު މިގާތީއާ ބައްދަލު ކުރައްވާނެ އެވެ. އަދި ލުބްނާންގެ ރައީސް މިޝޭލް އައުން އާއި ގާނޫން ހަދާ މަޖިލީހުގެ ބައެއް މެންބަރުންނާ ވެސް ބައްދަލު ކުރައްވާނެ އެވެ.
އީރާންގެ ފޮރިން މިނިސްޓަރު ވިދާޅުވި ގޮތުން ލުބްނާނަށް މުހިންމު ކަމެއްގައި އީރާން އޮންނާނީ އެކުގަ އެވެ. އަދި އެހީތެރިކަމަށް އެދިއްޖެ ރޮނގަކުން އެހީތެރި ވެދެއްވާނެ އެވެ. ވަޒީރު ތަކުރުކޮށް ވިދާޅުވި ގޮތުގައި ލުބްނާނަނީ އަމިއް ދަތިތަކުން އަރައިގަންނަ ގައުމެކެވެ.
ލުބްނާންގައި ފައިސާގެ އަދު ދަށްވުން ވަނީ ވަރަށް ބޮޑު މައްސަލައަކަށް ވެފަ އެވެ. އާބާދީގެ ބޮޑު ބައެއް ކަބޯތަކެއްޗަށް ޖެހިފައި އޮތްއިރު ތެލުގެ ދަތިކަން އަދި ވެސް ފިލައިގެން ނުދެ އެވެ.