ހަބަރު

މާލޭގައި މީހަކު ރަހީނުކޮށްފި

މާލޭގައި މީހަކު ރަހީނުކޮށްފި އެވެ. ރަހީނުކޮށްފައިވަނީ ބިދޭސީ އެކެވެ.

ފުލުހުން ބުނީ މީހަކު ރަހީނުކުރި މައްސަލައެއް މިރޭ ފުލުހުންނަށް ހުށައެޅުނު ކަމަށެވެ. ރަހީނު ކުރި މީހާ މިހާރު ވަނީ ސަލާމަތް ކޮށްފައެވެ. ރަހީނުކުރި ބިދޭސީ މީހާ ފުލުހުންގެ ބެލުމުގެ ދަށުގައި ވާ ކަމަށްވެސް ބުންޏެވެ. އެއީ ބަންގްލަދޭޝްގެ ފިރިހެނެކެވެ.

މި މައްސަލައިގައި ތުހުމަތު ކުރެވޭ މީހާވެސް މިހާރު ވަނީ ހައްޔަރުކޮށްފައެވެ. ފުލުހުން ބުނީ އެއީވެސް ބަންގްލަދޭޝްގެ ފިރިހެނެކެވެ. މައްސަލައިގެ ތަހުގީގު ފަށާފައިވާ ކަމަށްވެސް ބުންޏެވެ.