ވިޔަފާރި

11 އަތޮޅު ފިހާރައެއް ކުއްޔަށް ދެނީ

Oct 14, 2020

އަތޮޅު ފިހާރަތަކުގެ ތެރެއިން 11 ފިހާރައެއް އަލުން ކުއްޔަށް ދޫކުރަން ފިނޭންސް މިނިސްޓްރީން އިއުލާނު ކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނި ގޮތުގައި 11 އަތޮޅު ފިހާރައެއް ކުއްޔަށް ދޫކުރަން ބޭނުންވެ އެވެ.

މި ފިހާރަތައް ކުއްޔަށް ދިނުމަށް އެދި ހުށަހަޅާ ބިޑް ފޯމް ވިއްކާނީ އެ މިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް – ބަނޑޭރި ޕޭ މެދުވެރިކޮށެވެ. އަދި ފޯމް ވިއްކުން މިމަހުގެ 14 އިން 25 ގެ ނިޔަލަށް ކުރިއަށްދާނެ އެވެ. އަތޮޅު ފިހާރައް ކުއްދަށް ދޫކުރާ ފޯމް ވިއްކާ އަގަކީ 10ރ. އެވެ.

ކުއްޔަށް ދިނުމަށް ހަމަޖެހިފައިވާ ފިހާރަތައް

  • ކްރެސެންޓް 14 ނަންބަރު ފިހާރަ
  • ހއ. އަތޮޅު ފިހާރައިގެ އިރުމަތީބައި، މަތީބައި
  • ހދ. އަތޮޅު ފިހާރައިގެ އިރުމަތީބައި، (ސިޑިކޮޓަރި) މަތީބައި ދެކުނުފެންޑާ
  • ބ. އަތޮޅު ފިހާރައިގެ އިރުމަތީބައި، މަތީބައި، ދެކުނުފެންޑާގެ ½
  • ބ. އަތޮޅު ފިހާރައިގެ ހުޅަނގުބައި، ދެކުނުފެންޑާގެ ½
  • ކ. އަތޮޅު ފިހާރައިގެ އިރުމަތީބައި، މަތީބައި
  • އ. އަތޮޅުފިހާރައިގެ ދެކުނުފެންޑާގެ ދެކުނުބައި
  • ވ. އަތޮޅު ފިހާރައިގެ ހުޅަނގުބައި، ދެކުނުފެންޑާގެ 2/1
  • ތ. އަތޮޅު ފިހާރައިގެ އިރުމަތީބައި، ދެކުނުފެންޑާގެ 2/1، ފެންޑާގެ މަތީބައި
  • ލ. އަތޮޅު ފިހާރައިގެ އިރުމަތީބައި، ދެކުނުފެންޑާގެ 1/2 ، ފެންޑާގެ މަތީބައި
  • ލ. އަތޮޅު ފިހާރައިގެ ހުޅަނގުބައި، ދެކުނުފެންޑާގެ 2/1

ފިނޭންސް މިނިސްޓްރީން އަތޮޅު ފިހާރަތައް ކުއްޔަށް ދޭން އިއުލާނު ކުރިއިރު، ފެބްރުއަރީ މަހުގެ ތެރޭގައި ވެސް ބައެއް އަތޮޅު ފިހާރަ ކުއްޔަށް ދޫކުރަން އިއުލާނުކޮށްފައިވެ އެވެ. ސަރުކާރުން މިހާރު ވަނީ އަތޮޅު ފިހާރަ ފައިސާ އަތޮޅު ކައުންސިލްތަކާ ހަވާލު ކުރަން ނިންމާފަ އެވެ. މާލޭގައި ހުރި އަތޮޅު ފިހާރަ ތަކަކީ ކައުންސިލް ތަކަށް ކުލީގެ 50 ޕަސެންޓް ލިބޭ ގޮތަށް ކުއްޔަން ދީފައިވާ ފިހާރަ ތަކެކެވެ. އަތޮޅު ފިހާރަތަކުގެ ފައިސާ ކައުންސިލްތަކަށް އެންމެ ފަހުން ދީފައިވަނީ 2014 ވަނަ އަހަރު އެވެ.