ހަބަރު

އެމެރިކާގެ ދެ އެކެޑެމީއެއްގެ ކޯސްތަކަށް ހުޅުވާލައިފި

އެމެރިކާގެ މިލިޓަރީ އެކެޑެމީ އާއި ނޭވަލް އެކެޑެމީން އަންނަ އަހަރު ހިންގާ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ދިވެހިންނަށް ހުޅުވާލައިފި އެވެ.

މި ކޯސްތަކަކީ އެމެރިކާގެ ނޭވަލް އެކެޑަމީ އާއި މިލިޓަރީ އެކަޑަމީން އެމެރިކާގައި ކުރިޔަށް ގެންދާނެ ބެޗްލާސް ޑިގްރީ ފެންވަރުގެ ދެ ކޯހެކެވެ. މި ކޯސްތަކުގައި ބައިވެރިވާން ހަ ދިވެއްސަކަށް ފުރުސަތު ލިބެ އެވެ. އަންނަ އަހަރުގެ ޖޫންގައި ފަށާ މި ކޯސްތަކަކީ ހަތަރު އަހަރު ދުވަހުގެ ދެ ކޯހެވެ.

އެމްއެންޑިއެފުން ބުނީ މި ކޯހަށް ޝަރުތު ހަމަވާ ދިވެހިން ފޯމް ފުރުމަށްފަހު، މިމަހުގެ 28 ވަނަ ދުވަހުގެ ކުރިން އެމްއެންޑީއެފަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ.