އެކްސިޑެންޓް

އިންޑަސްޓްރިއަލް ވިލެޖްގައި އެކްސިޑެންޓެއް: މީހަކަށް އަނިޔާ

Oct 16, 2020

އިންޑަސްޓްރިއަލް ވިލެޖްގައި އެކްސިޑެންޓެއް ހިނގާ މީހަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުން ބުނީ މިރޭ ނުވައެއް ޖަހާ އެހާކަންހާއިރު އިންޑަސްޓްރިއަލް ވިލެޖް ސަރަހައްދުން ދުއްވާފައިދިޔަ ސައިކަލެއް ކަހާލައިގެން ވެއްޓި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ. މި އެކްސިޑެންޓާއި ގުޅިގެން ސައިކަލް ދުއްވަން އިން މީހާއަށް ވަނީ އަނިޔާވެފައެވެ.

އަނިޔާގެ ތަފްސީލު ނުދީ ފުލުހުން ބުނީ އެ މީހާއަށް ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ ކަމަަށެވެ.