ވެހިކަލެއް ދުއްވަން އިން ޑްރައިވަރަށް ނިދިޖެހުމުގެ ސަބަބުން ހުޅުލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ ސަމާ ބީޗް ހޮޓެލްގެ ވޭން ދުއްވަން އިން ޑްރައިވަރަށް ނިދިޖެހިގެންނެވެ.
އެއާޕޯޓް ޓެކްސީ ކިއު ސަރަހައްދުގައި ހިނގި މި އެކްސިޑެންޓްގައި ޑްރައިވަރަށް ނިދި ޖެހުމުގެ ސަބަބުން އެ ސަރަހައްދުގައި ހުރި ރޯޑް ޑިވައިޑަރުތަކުގައި އުޅަނދު ޖެހި އެ ޑިވައިޑަރުތައް ވަނީ ވެއްޓިފަ އެވެ.
މި ހާދިސާގައި މީހަކަށް އަނިޔާވި ކަމުގެ މައުލޫމާތެއް އަދި ނުލިބެ އެވެ.