ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

1300 ސާމްޕަލުން ޕޮޒިޓިވްވީ 22

މިދިއަ 24 ގަޑިއިރުގެ ތެރޭ ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ 22 މީހެކެވެ. ބޮޑުތަނުން އަދަދު ދަށްވެ 22 މީހުނާއެކު ޕޮޒިޓިވްވި އަދަދު ތިރިއަށް ސޮއްސައިލުމުން މިހާރު ރާއްޖޭގެ ކޮވިޑް ޖެހުނު މީހުންގެ އަދަދަކީ 11,232 އިން މައްޗެވެ.

މިއަދުގެ އިރު އޮއްސުމާ ހަމައަށް އެއްކޮށްފައިވާ ހިސާބުތަކާ ހަވަލާ ދީ އެޗްޕީއޭއިން މިރޭ ބުނި ގޮތުގައި ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 18 މީހުންނަކީ ވެސް މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުނެވެ. އަނެއް ހަތަރު މީހުން ޕޮޒިޓިވްވީ އަތޮޅުތެރެއިންނެވެ.

އަލަށް ޕޮޒިޓިވްވި މީހުންގެ ތެރޭ 17 ދިވެހިން ހިމެނެ އެވެ. ދެން ހިމެނެނީ ފަސް ބިދޭސީންނެވެ. މިއަދު ޓެސްޓް ކުރީ 1،338 ޓެސްޓެވެ. މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 987 މީހުންނެވެ. ކޮވިޑްގައި 37 މީހަކު ވަނީ މަރުވެފަ އެވެ. ކޮވިޑްގައި އެންމެ ފަހުން މީހަކު މަަރުވީ އިއްޔެ އެވެ. އިއްޔެ މަރުވީ އުމުރުން 80 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެއީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަަރުވާ ދެމުންދިޔަ މީހެކެވެ. އިއްޔެވެސް ކޮވިޑްގައި ދިވެހި ފިރިހެނަކު މަރުވިއެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 39 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

އަތޮޅުތަކުން 20 ރަށެއްގައި 77 މީހަކަށް ބަލިޖެހިފައި ވެއެވެ. އެޗްޕީއޭއިން ބުނީ 20 ރިސޯޓެއްގައި 16 ފަތުރުވެރިންނާއި 25 މުވައްޒިފުންނަށް ވެސް ބަލި ޖެހިފައިވާ ކަމަށެވެ. މިވަގުތު މާލެ ސިޓީގެ އިތުރުން މޮނިޓަރިންގައި އޮތީ ކުޅުދުއްފުށްޓެވެ.