ދިރާގު

ދިރާގު ޓީވީގެ ހުރިހާ ޗެނަލެއް 450 ރުފިޔާ އަށް

Oct 20, 2020
1

ދިރާގު ޓީވީގެ ޕްރޮމޯޝަން މި އަހަރުގެ ނިޔަލަށް އިތުރުކޮށް ހުރިހާ ޗެނަލެއް 450 ރުފިޔާ އަށް ލިބޭ ގޮތަށް ހަމަޖައްސައިފި އެވެ.

ދިރާގުން ބުނީ މިއީ އެންމެ ފަހުގެ ފިލްމުތަކާ، ޑްރާމާ ތަކާއި، މުނިފޫހިފިލުވުމުގެ ޕްރޮގުރާމްތައް 100 އަށްވުރެ ގިނަ ޗެނަލުން ހެޔޮ އަގެއްގައި ބަލާލަން ލިބޭނެ ފުރުސަތެއް ކަމަށެވެ.

ދިރާގު ޓީވީގައި ދިވެހިންގެ މެދުގައި އެންމެ މަޝްހޫރު ޓީވީ ޗެނަލްތައް ކަމަށްވާ ސްޓާގެ ޗެނަލްތަކާއި ޒީ ގެ ޗެނަލްތައްވެސް ހިމެނެ އެވެ.

ސަތޭކައަށް ވުރެ ގިނަ ޗެނަލް ހިމެނޭ ދިރާގު ޓީވީއަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި އަދި އެންމެ ފުރަތަމަ އެޗްޑީ ކޮލިޓީގައި ޓީވީ ޗެނަލްތަކާއި މުނިފޫހިފިލުވުމުގެ ކޮންޓެންޓް ފޯރުކޮށްދޭ ޑިޖިޓަލް ޓީވީގެ ޚިދުމަތެވެ. ދިރާގުން ރާއްޖޭގެ 73 ޕަސެންޓް ގޭބިސީއަށް ޓީވީގެ ހިދުމަތް ދެ އެވެ. އޭގެ ތެރޭގައި 53 ރަށް ހިމެނޭ އިރު، ފިކްސްޑް ބްރޯޑްބޭންޑް ހިދުމަތް ނެތް ރަށްތަކަށް ވެސް ޕްރައިވެޓް ނެޓްވޯކްތަކާ ގުޅިގެން ހިދުމަތް ފޯރުކޮށްދީފައި ވެއެވެ.

ދިރާގުން މަސައްކަތް ކުރަނީ ދިރާގު ޓީވީން ހަބަރާއި މުނިފުހިފިލުވުމުގެ ޕްރޮގްރާމުތައް އެންމެ ޒަމާނީ ޓެކްނޮލޮޖީ މެދުވެރިކޮށް ކަސްޓަމަރުންނާ ހަމައަށް ފަސޭހަ ކަމާއި އަދި އެންމެ ހެޔޮ އަގުގައި ފޯރުކޮށްދޭށެވެ.