ދުނިޔެ

ނައިޖީރިއާ މިސްކިތެއްގައި ބޮން ގޮއްވައި 30 މީހުން މަރާލައިފި

މުލާއީ (ބީބީސީ) - ނައިޖީރިއާގެ މިސްކިތެއްގައި އަމިއްލައަށް މަރުވެގެން ދިން ބޮން ގޮއްވުމުގެ ދެ ހަމަލާއެއްގައި މަދުވެގެން 30 މީހުން މަރުވެ އެތައް ބަޔަކު ޒަހަމް ވެއްޖެއެވެ.

އެގައުމުގެ އެމަޖެންސީ މެނޭޖްމަންޓް އޭޖެންސީން ވާހަކަ ދެއްކި މީހަކު ބުނީ މިސްކިތްތެރޭގައި ފުރަތަމަ މީހާ ބޮން ގޮއްވާލުމުން ސަލާމަތްވާން މީހުންތައް ނުކުންނަން އުޅުނުގަޑީގައި އެމީހުންތަކުގެ ތެރޭގައި ދެވަނަ މީހާ ބޮން ގޮއްވާލީ ކަމަށެވެ.

ނައިޖީރިޔާގެ އިރު އުތުރުގެ މި ސަރަހައްދަކީ ހައްދު ފަހަނަ އަޅާފައިވާ ހަނގުރާމަވެރި ޖަމާއަތް ބޯކޯ ހަރާމް ގެ ހަމަލާތައް ދޭތެރެއަކުން އަމާޒުވާ ސަރަހައްދެކެވެ. މި

ދިޔަ ހަފްތާ އަންގާރަ ދުވަހު މި ސަރަހައްދުގައި ބޮންތަކެއް ގޮއްވާލައި މަދުވެގެން ހަތަރު މީހުން މަރާލިއެވެ. މިދިޔަ މަހުވެސް މި ސަރަހައްދުގައި މިފަދަ އެތައް ހަމަލާއެއްގައި ޖުމްލަ ސަތޭކައެއްހާ މީހުން މަރާލާފައި ވެއެވެ.

އިއްޔެ މިސްކިތުގައި ބޮން ގޮއްވި ހަމަލާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން އުފުލާފައެއް ނުވެއެވެ.