ޖޭއެސްސީ

ގެމަނަފުށީ އިސް މެޖިސްޓްރޭޓަށް ފިޔަވަޅު އަޅަން ނިންމައިފި

ގެމަނަފުށި
0%
0%
0%

ގެމަނަފުށީ އިސް މެޖިސްޓްރޭޓަށް ފިޔަވަޅު އަޅަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

އެ ކޮމިޝަނުން ބެލި ގެމަނަފުށީ އިސް މެޖިސްޓްރޭޓް އިބްރާހިމް މުނީރުގެ ސުލޫކީ މައްސަލައާއި ގުޅިގެން ޖޭއެސްސީން މިއަދު ބުނީ އިސް މެޖިސްޓްރޭޓަށް ފިޔަވަޅު އެޅުމުގެ ގޮތުން ނަސޭހަތް ދިނުމަށާއި އެ ކޮމިޝަނުން ކަނޑައަޅާ ތަމްރީން ޕްރަގްރާމެއް ފުރިހަމަ ކުރުމަށް އެންގުމަށް މިއަދު ބޭއްވި ބައްދަލްވުމުގައި ނިންމާފައިވާ ކަމަށެވެ.

އިސް މެޖިސްޓްރޭޓް މުނީރުގެ މައްސަލައެއް ބަލަން ފެށީ ގެމަނަފުށީ ގެއެއްގެ މިލްކުވެރިކަން ސާބިތުކުރުމަށް ހިންގި ގަޒިއްޔާގައި ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓްގައި ކުށް މައުލޫމާތުތަކެއް ހިމަނާފައިވަނިކޮށް އެ ރިޕޯޓްގައި މުނީރު ސޮއިކޮށް ރިޕޯޓް ދޫކުރި މައްސަލައަކާއި ގުޅިގެންނެވެ. ޖޭއެސްސީން ބުނީ އެއީ މުނީރު ގަސްތުގައި ކޮށްފައިވާ ކަމަކަށް ނުވިނަމަވެސް އެއީ ފަރުވާ ކުޑަ އަމަލެއް ކަމަށެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345