ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

1800 ސާމްޕަލުން ޕޮޒިޓިވްވީ 45 މީހުން

މިދިއަ 24 ގަޑިއިރުގެ ތެރޭ ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ 45 މީހެކެވެ. މިހާރު ރާއްޖޭގެ ކޮވިޑް ޖެހުނު މީހުންގެ އަދަދަކީ 11,316 އިން މައްޗެވެ.

މިއަދުގެ އިރު އޮއްސުމާ ހަމައަށް އެއްކޮށްފައިވާ ހިސާބުތަކާ ހަވަލާ ދީ އެޗްޕީއޭއިން މިރޭ ބުނި ގޮތުގައި ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 42 މީހުންނަކީ ވެސް މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުނެވެ. އަނެއް ތިން މީހުން ޕޮޒިޓިވްވީ އަތޮޅުތެރެއިންނެވެ.

އަލަށް ޕޮޒިޓިވްވި މީހުންގެ ތެރޭ 8 ދިވެހިން ހިމެނެ އެވެ. ދެން ހިމެނެނީ 37 ބިދޭސީންނެވެ. މިއަދު ޓެސްޓް ކުރީ 1،801 ޓެސްޓެވެ. މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 988 މީހުންނެވެ. ކޮވިޑްގައި 37 މީހަކު ވަނީ މަރުވެފަ އެވެ. ކޮވިޑްގައި އެންމެ ފަހުން މީހަކު މަަރުވީ އާދިއްތަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 38 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

އަތޮޅުތަކުން 21 ރަށެއްގައި 73 މީހަކަށް ބަލިޖެހިފައި ވެއެވެ. އެޗްޕީއޭއިން ބުނީ 18 ރިސޯޓެއްގައި 15 ފަތުރުވެރިންނާއި 26 މުވައްޒިފުންނަށް ވެސް ބަލި ޖެހިފައިވާ ކަމަށެވެ. މިވަގުތު މާލެ ސިޓީގެ އިތުރުން މޮނިޓަރިންގައި އޮތީ ކުޅުދުއްފުށްޓެވެ.