ހަބަރު

ހިތާނު ކޭމްޕުގައި ބައިވެރިވާ މުއްދަތު އިތުރުކޮށްފި

އައިޖީއެމްއެޗުން ހިތާނު ކުރުމުގެ ހިދުމަތް ދޭން ނަން ނޯޓު ކުރުމަށް ހުޅުވާލި ފުރުސަތުގެ މުއްދަތު އިތުރުކޮށްފި އެވެ.

ދިވެހި ސަރުކާރުގެ ހޮސްޕިޓަލް، އައިޖީއެމްއެޗުން މިއަދު ބުނީ "ހިތާނީ މޫސުމް 2020" ނަމުގައި ހިތާނުކޮށް ދިނުން މި އަހަރުވެސް ކުރިޔަށް ގެންދާނެ ކަމަށް ނިންމާފައިވާއިރު، ރެޖިސްޓްރީ ކޮށްދޭން އެދޭ މުއްދަތު އިތުރުކޮށްފައިވާ ކަމަށެވެ. ނަން ނޯޓު ކުރުމުގެ ފުރުސަތު ކުރިން ދީފައި ވަނީ 22 ވަނަ ދުވަހުގެ ނިޔަލަށެވެ. އެ މުއްދަތު މި މަހު 28 އާ ހަމައަށް އިތުރުކޮށްފައިވާކަން އިއުލާނުގައި ބުނެ އެވެ.

"ހިތާނީ މޫސުމް 2020" ކުރިޔަށް ގެންދާނީ 15 ނޮވެމްބަރުުން ފެށިގެން 25 ޑިސެމްބަރު 2020 ގެ ނިޔަލަށެވެ.

ކޮވިޑާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކާއެކު ހޮސްޕިޓަލުގެ މަސައްކަތްތައް ރޭވުމުގެ ގޮތުން، މި އަހަރު ހިތާނު ކޮށްދޭނީ ދުވަކު 12 ކުދިންނެވެ.

ކުދީން ހިތާނު ކުރަން ނަން ނޯޓްކުރުމާއި މައުލޫމާތު ސާފު ކުރުމުގެ ކަންކަން ހަމަ ޖައްސާފައި ވަނީ ދިވެހި ސަރުކާރުގެ މައި ހޮސްޕިޓަލް، 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލް (ޑީއެޗް) ގައެވެ.