މާލޭ ސިޓީ

މައްސަލަ ހައްލުވާނީ ޕަވާގްރިޑް ގުޅާލައިގެން: މުއިޒު

Oct 23, 2020
1

މާލޭގެ ކަރަންޓުގެ މައްސަލައަށް އޮތް ދާއިމީ ހައްލަކީ މާލެ - ހުޅުމާލެ، ޕަވާ ގްރިޑް ބްރިޖް ހުރަސްކޮށް ގުޅުޅާލައި އިންޑަސްޓްރިއަލް ވިލެޖްގައި ގާއިމް ކުރަން ހަވާލު ކުރި ޕަވާ ހައުސް ގާއިމް ކުރުން ކަމަށް ކުރީގެ ހައުސިން މިނިސްޓަރު އަދި މާލޭގެ މޭޔަރު ކަމަށް ވާދަ ކުރައްވާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ކުރީގެ ވަޒީރު މުއިއްޒު މިއަދު އެހެން ވިދާޅުވީ މިއަދު ހެނދުނު 8:30 އިން ފެށިގެން ހަތަރު ގަޑި އިރަށް ވުރެ ގިނަ އިރަށް މާލޭ ސިޓީގެ މާލެއިން އެކަށް ކަރަންޓު ދިއުމާ ގުޅިގެން މާލޭގެ ދިރިއުޅާ ބޮޑު އަބާދީއަށް ދަތިތަކާ ކުރިމަތިވުމާ ގުޅިގެނެވެ. އެކަން ފާހަގަ ކުރައްވަ އެވެ.

ޑރ، މުހައްމަދު މުއިއްޒު ކުރެއްވި ޓްވީޓް

އޭނާ ވިދާޅުވީ ސިނަމާލެ ބްރިޖް ހުރަސްކޮށް މާލެ އާއި ހުޅުމާލެ ޕަވާ ގްރިޑުން ގުޅާލަން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި މީގެ ތިން އަހަރު ކުރުން ފަށާފައިވާ ބިޔަ މަޝްރޫއު އަވަހަށް ނިންމައި މާލޭގެ އިންޑަސްޓްރިއަލް ވިލެޖުން ސްޓެލްކޯއަށް 2018 ވަނަ އަހަރު ދީފައިވާ ބިމުގައި ގާއިމް ކުރަން ހަވާލު ކުރި ޕަވާހައުސް ގާއިމް ކުރުމުން މުޅި މާލޭގެ ކަރަންޓް މައްސަލައަށް ދާއީމީ ހައްލެއް ލިބޭނެ ކަމަށެވެ.

މިއަދު މާލެއިން އެކަށް ކަރަންޓް ދިއުމުން މާލޭގެ އާންމު ދިރިއުޅުމަށް ބުރޫއަރައި މަސައްކަތްތައް ހުއްޓި ގިނަ ބައެއްގެ ޝަކުވާ އަމާޒުވި އެވެ.